އަސާސީ މުދަލުގެ ބާސްކެޓް | ޖެނުއަރީ މަހު މާލޭގައި %0.45 އުފުލުމެއްގަ

އީސީޕީއައި ދައްކާ ގޮތުން ޑިސެމްބަރު މަހު އަސާސީ މުދަލުގެ އަގުތައް ވަނީ -0.08% ދަށްވެފަ އެވެ. ނަމަވެސް ޖެނުއަރީ މަހު މި އަދަދު ވަނީ +0.45% އުފުލިފަ އެވެ.

ބާޒާރުގައި ވިއްކަން ހުރި ކުރުނބާ ފަނި ފުޅިއެއް : ބަައެއް ތަކެތީގެ އަގުތައް މާލެ ބާޒާރުގައި ވަނީ އުފުލިފަ

މާލޭގެ ބާޒާރުގައި ޒަރޫރީ ތަކެތީގެ އަގުތައް ނުވަތަ އެސެންޝިއަލް ކޮމޯޑިޓީ އިންޑެކްސް (އީސީޕީއައި) ނިމިދިޔަ ޑިސެމްބަރު މަހާ އަޅާބަލާއިރު ޖެނުއަރީ މަހު 0.45 ޕަސެންޓް އުފުލުމެއްގައި ހުރި ކަމަށް ދައްކައިފި އެވެ. 

މޯލްޑިވްސް ސްޓެޓިސްޓިކްސް ބިއުރޯއިން އާއްމުކުރާ އީސީޕީއައި ދައްކާ ގޮތުން ޑިސެމްބަރު މަހު އަސާސީ މުދަލުގެ އަގުތައް ވަނީ -0.08 ޕަސެންޓް ދަށްވެފަ އެވެ. ނަމަވެސް ޖެނުއަރީ މަހު މި އަދަދު ވަނީ +0.45% އުފުލިފަ އެވެ. އަދި މާލޭގެ އިންފްލޭޝަން ރޭޓު ވަނީ ކުރީ މަހަށްވުރެ ކުޑަކޮށް މައްޗަށް ގޮސްފަ އެވެ. ނަމަވެސް، ވޭތުވެދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު އަގުތައް ވަނީ 0.08 ޕަސެންޓް ދަށަށް ގޮސްފަ އެވެ.

ކާބޯތަކެތީގެ އަގަށް އައި ބަދަލު - އުފުލުނު

  • މޭވާ: %2.65 މައްޗަށް ގޮސްފަ
  • ކިރާއި ބިހުގެ ބާވަތްތައް: 1.38 ޕަސެންޓް އިތުރުވެފަ
  • ހަކުރާއި ފޮނިކާތަކެތި: 1.22 ޕަސެންޓް އުފުލިފަ
  • ތެލުގެ ބާވަތްތައް: 1.18 ޕަސެންޓް މައްޗަށް ގޮސްފަ

މި ބާވަތްތަކުގެ އަގުތައް އުފުލުނު ނަމަވެސް މަހުގެ ބާވަތްތަކުގެ އަގުތަށް 0.96 ޕަސެންޓް ދަށަށް ގޮސްފައިވާކަން ފާހަގަ ކުރެވެ އެވެ. 

ކާބޯތަކެތީގެ އިތުރުން ބުއިންތަކުގެ އަގު ވަނީ 0.44 ޕަސެންޓް މައްޗަށް ޖެހިލާފަ އެވެ. އަދި އަމިއްލަ ސާފުތާހިރުކަމަށް ބޭނުންކުރާ ތަކެތި ނުވަތަ ޕާސަނަލް ކެއާ ޕްރޮޑަކްޓްތަކުގެ އަގުތައް ވެސް ވަނީ 0.44 ޕަސެންޓް މައްޗަށް ގޮސްފަ އެވެ ނަމަވެސް ކައްކާ ގޭހުގެ އަގަށް މިދިޔަ މަހު އެއްވެސް ބަދަލެއް އައިސްފައެއް ނުވެ އެވެ.

އީސީޕީއައި ނަގަނީ ކިހިނެއް ؟ - ޒަރޫރީ މުދަލުގެ އަގުތަކުގެ އިންޑެކްސް އަކީ އާންމު ދިރިއުޅުމުގައި ކޮންމެހެން ބޭނުންވާ މުދަލާއި ޚިދުމަތްތަކުގެ އަގަށް އަންނަ ބަދަލުތައް ބެލުމަށް ތަފާސްހިސާބުތަކާ ބެހޭ ގައުމީ އިދާރާއިން ބޭނުންކުރާ މިންގަނޑެކެވެ. މި ހިސާބު ކުރާ އަގުތަކަށް އަންނަ ބަދަލު މިނެކިރުމަށްޓަކައި ވަކި އަހަރެއް ނުވަތަ މަހެއް "ބޭސް" އެއްގެ ގޮތުގައި ކަނޑައަޅައެވެ. މިހާރު ރާއްޖޭގައި ބޭނުންކުރަނީ ނޮވެމްބަރު 2022 އެވެ. މާނައަކީ މިހާރު ބާޒާރުގައި ހުރި އަގުތައް އަޅާކިޔަނީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ އަގުތަކާއެވެ. މީގެ އިތުރުން މުދަލުގެ "ބާސްކެޓް" އެއް ނަގަ އެވެ. މި ބާސްކެޓުގައި އާންމު ރައްޔިތުން ދިރިއުޅުމުގައި އެންމެ ގިނައިން ބޭނުންކުރާ ޒަރޫރީ ތަކެތި މި އިންޑެކްސްގައި ހިމަނައެވެ. މީގެ ތެރޭގައި ހިމެނެނީ ހަނޑޫ، ހަކުރު، ފުށް، މަސް، މޭވާ އަދި ތަރުކާރީ އަދި ބުއިންތަކުގެ ބައިގައި ހިމަނަނީ ފެނާއި އެހެނިހެން ބުއިންތަކެވެ. އަދި ހަކަތައިގެ ބައިގައި ހިމަނަނީ ކައްކާ ގޭހެވެ. އަދި އަމިއްލަ ސާފުތާހިރުކަމުގެ ބާސްކެޓުގައި ސައިބޯނި، ޝޭމްޕޫ ފަދަ ތަކެތި ހިމެނެ އެވެ. ހުރިހާ މުދަލަކީ އެއްވަރަކަށް ބޭނުންކުރާ ތަކެއްޗެއް ނޫނެވެ. އެހެންކަމުން، އާންމު މީހާގެ ޚަރަދުތަކުން އެންމެ ބޮޑު ބައެއް ހިނގާ ތަކެއްޗަށް (މިސާލަކަށް: ކާބޯތަކެތި) އިންޑެކްސްގައި ބޮޑު ބަރުދަނެއް ނުވަތަ "ވެއިޓެއް" ދެއެވެ. އޭރުން އެ އެއްޗެއްގެ އަގަށް އަންނަ ބަދަލަކުން މުޅި އިންޑެކްސްއަށް ކުރާ އަސަރު ބޮޑުވާނެ އެވެ. މި އަގުތައް ނަގަނީ ކޮންމެ މަހަކު މާލޭގެ ބާޒާރުގެ އެކި ފިހާރަތަކަށް ގޮސް މި ބާސްކެޓްގައި ހިމެނޭ ތަކެތީގެ އަގުތައް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ މުވައްޒަފުން ނަގައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.