ތާރިގް ބޮޑުވަޒީރުކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ބަންގްލަދޭޝަށް

"މިހިނގާ ފެބުރުވަރީ މަހުގެ 16 އިން 18 އަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މިދަތުރުފުޅުގައި، ބަނގްލަދޭޝްގެ ބޮޑުވަޒީރުކަމަށް އަލަށް އިންތިހާބުވެވަޑައިގެންނެވި ތާރިޤް ރަޙްމާނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ،" ރައީސް އޮފީހުން ބުންޏެ

ރައީސް މުއިއްޒު މީގެކުރިން ޔޫކޭއަށް ފުރާވަޑައިގަންނަވަނީ. --ފޮޓޯ: ރައީސް އޮފީސް

ބަންގްލަދޭޝްގެ އިންތިހާބީ ބޮޑުވަޒީރު، ތާރިގް ރަހްމާން މަގާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ބަންގްލަދޭޝަށް ފުރާވަޑައިގެންފި އެވެ. 

ރައީސް އޮފީހުން ބުނީ، ބަންގްލަދޭޝްގެ އިންޓަރިމް ސަރުކާރުގެ ޗީފް އެޑްވައިޒަރު، ޑރ. މުހައްމަދު ޔޫނުސްގެ ދައުވަތަކަށް ކުރައްވާ މިދަތުރުފުޅަކީ، އެ ގައުމުގެ އާ ސަރުކާރު ހުވާކުރެއްވުމަށް ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެ މަނިކުފާނު ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. 

ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގަ އެވެ. 

"މިހިނގާ ފެބުރުވަރީ މަހުގެ 16 އިން 18 އަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މިދަތުރުފުޅުގައި، ބަނގްލަދޭޝްގެ ބޮޑުވަޒީރުކަމަށް އަލަށް އިންތިހާބުވެވަޑައިގެންނެވި ތާރިޤް ރަޙްމާނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ،" ރައީސް އޮފީހުން ބުންޏެވެ.

ބަންގްލަދޭޝްގެ ދަރިވަރުންނާއި ޒުވާނުން އިސްވެ ކުރި މުޒާހަރާތަކަށްފަހު އޭރުގެ ބޮޑުވަޒީރު ޝެއިހް ހަސީނާގެ ވެރިކަން ވެއްޓުމަށްފަހު، ބޭއްވި ފުރަތަމަ އާންމު އިންތިހާބުގައި ތާރިގްގެ ބަންގްލަދޭޝް ނެޝަނަލް ޕާޓީ (ބީއެންޕީ)އިން ވަނީ ތަނަވަސް އަޣުލަބިއްޔަތަކުން ކާމިޔާބުކޮށްފަ އެވެ.

މިގޮތުން، ބަންގްލަދޭޝްގެ ގާނޫނު ހަދާ މަޖިލީހުގެ 299 ގޮނޑީގެ ތެރެއިން 200އަށް ވުރެ ގިނަ ގޮނޑި ބީއެންޕީ އިސްވެ އޮތް އިއްތިހާދުން ވަނީ ކާމިޔާބުކޮށްފަ އެވެ.

ތާރިގް ރަހްމާނަކީ، ދާދިފަހުން އަވަހާރަވި ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ހާލިދާ ޒިއާގެ ދަރިކަލުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.