އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އޭނާ ދިރިއުޅޭ ތަން ބަލައިފާސްކުރިއިރު 959 ނެނޯ ސްޓިކާއި، 34 ފްލޭވަރއާއި، ޑިސްޕޯސަބަލް 11 ސްޓިކް ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.

އިމިގްރޭޝަންގެ ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖޭގައި މަސައްކަތްކޮށް އަދި ގަވާއިދާ ހިލާފަށް ވޭޕް ވިޔަފާރިކުރަމުންދިޔަ ބިދޭސީއަކު އިމިގްރޭޝަނާ ހަވާލުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ، މި މަހު 12 ވަނަ ދުވަހު ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނާއި ރެސްޕޯންސް އެންޑް ޕެޓްރޯލް ގުޅިގެން ހިންގި އޮޕަރޭޝަންގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސް އިމިގްރޭޝަނާ ހަވާލުކޮށްފައިވަނީ ޗައިއޮން، ބަންގްލަދޭޝް (34އ) ކަމަށެވެ.
އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އޭނާ ދިރިއުޅޭ ތަން ބަލައިފާސްކުރިއިރު 959 ނެނޯ ސްޓިކާއި، 34 ފްލޭވަރއާއި، ޑިސްޕޯސަބަލް 11 ސްޓިކް ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
ރާއްޖެއަށް ވޭޕް އަދި އިލެކްޓްރޯނިކް ސިނގިރޭޓު އެތެރެކުރުމާއި، ވިއްކުމާއި އަދި ބޭނުންކުރުން ވެސް މިހާރު ވަނީ މަނާކޮށްފަ އެވެ.