ކުރިން މައި ވައިގެ ބަނދަރު ހިންގަން ހުސްވެގެން އޮތް ނަމަވެސް މހާރު ބިން ހިއްކުމާއި ކުޅިވަރު ދަނޑު އަޅާ އެމްއޭސީއެލްއިން ބަލަހައްޓާ، އާ ޓާމިނަލް ތަރައްގީކޮށް ހުޅުވިފަހުން މިއީ މިފަދަ ހާދިސާއެއް ހިނގި ދެވަނަ ފަހަރެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި އަލަށް ހަދާ މިދިޔަ އަހަރު ހުޅުވި ޓާމިނަލްގެ ސީލިންގުން "ތަންކޮޅެއް" ވެއްޓި މީހަކަށް އަނިޔާ ވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި ވަނީ މި ހާދިސާގެ މަންޒަރުތައް ފެންނަ ވީޑިއޯތައް ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯތަކުން ފެންނަ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ޓާމިނަލްގެ ގްރައުންޑް ފްލޯގަ އެވެ. ޓާމިނަލް އެތެރެއިން ތަންކޮޅެއް ވެއްޓިފައިވަނީ އިރުމަތީ ފަރާތު ޓާމިނަލްގެ ކަނުންނެވެ. އަދި ވެއްޓިފައިވަނީ ގާތްގަނޑަކަށް ދެ ފޫޓެއް ހުންނަވަރުގެ ތަންކޮޅެކެވެ.
އެ ވީޑިއޯ އިން ފެންނަ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިމަހުގެ ހަ ވަނަ ދުވަހު އެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި ޓާމިނަލް އެތެއިން ވެއްޓުނު ތަންކޮޅުން ޖެހި އަނިޔާވި މީހާ އަށް އެމްއޭސީއެލްގެ މުވައްޒަފަކު އެ މީހުންނަށް އެހީތެރިވުމުގައި ހަރަކާތްތެރިވެ އެވެ. އެނގިފައިވާ ގޮތުން މި ހާދިސާގައި އަނިޔާވެފައިވަނީ އިންޑިއާ ޓޫރިސްޓަކަށެވެ.
މި ހާދިސާއާ ގުޅިގެން އިތުރު މައުލޫމާތު ހޯދަން މިއަދު ހެނދުނު އެމްއޭސީއެލްގެ މީޑިއޯގެ އޮފިޝަލަކަށް ގުޅުމުން މެންދުރުވެގެން ދިޔައިރު ވެސް އިތުރު މައުލޫމާތުތެއް ދީފަ އެއް ނުވެ އެވެ.
ކުރިން މައި ވައިގެ ބަނދަރު ހިންގަން ހުސްވެގެން އޮތް ނަމަވެސް މހާރު ބިން ހިއްކުމާއި ކުޅިވަރު ދަނޑު އަޅާ އެމްއޭސީއެލްއިން ބަލަހައްޓާ، އާ ޓާމިނަލް ތަރައްގީކޮށް ހުޅުވިފަހުން މިއީ މިފަދަ ހާދިސާއެއް ހިނގި ދެވަނަ ފަހަރެވެ. މީގެ ކުރިން ވަނީ އާޓާމިނަލްގައި ސީޕްލޭން ތަކަށް ހެދި ބައިގެ ސީލިންގުން ވެސް ތަންކޮޅެއްވެސް ވެއްޓިފަ އެވެ.
މި ޓާމިނަލް ނިންމަން ދައުލަތުން ގާތްގަނޑަކަށް 457 މިލިއަން ޑޮލަރު (ގާތްގަނޑަކަށް ހަތް ބިލިއަން ރުފިޔާ) ގެ ލޯނު ނަގާފައިވެ އެވެ. މި ޓާމިނަލް ނިންމަން އެންމެ ބޮޑު އެހީތެރިކަމެއް މާލީ ގޮތުން ދީފައިވަނީ ސައޫދީ އަރަބިއްޔާއަށް ނިސްބަތްވާ ސައޫދީ ފަންޑުންނެވެ. ސައޫދީ އަރަބިއްޔާގެ ބިންލާދިން ގްރޫޕާ ހަވާލުކޮށްގެން ތަރައްގީ ކުރާ މި ޓާމިނަލް ނިންމަން ސައޫދީ ފަންޑުން 217 މިލިއަން ޑޮލަރުގެ ލޯނު ދީފައިވެ އެވެ. އަދި ދެވަނައަށް އެންމެ ގިނައިން ލޯނު ދިން ކުވެއިތު ފަންޑުން 100 މިލިއަން ޑޮލަރުގެ ލޯނު ދީފައިވެ އެވެ. އަދި އަބޫދާބީ ފަންޑުން 90 މިލިއަން ޑޮލަރު އަދި ކުވެއިތު ފަންޑުން 100 މިލިއަން ޑޮލަރުގެ ލޯނު ދީފައިވެ އެވެ. އަދި މި ޓާމިނަލް ހުޅުވަން އަގުބޮޑު ރަސްމިއްޔާތެއް ބާއްވައި ދުނިޔޭގެ ރެކޯޑެއްވެސް ގާއިމްކުރި އެވެ.