ދެކޮޅަށް ދުއްވޭ ގޮތަށް މަގު ފުޅާކޮށް، ބާޒާރުމަތި ސަރަހައްދު ހުޅުވާލައިފި

ފުލުހުން ބުނީ ބޮޑުތަކުރުފާނުމަގު ޗާންދަނީމަގުން ފެށިގެން ފާލަންދޮށު ހިނގުމާހަމައަށް ދެކޮޅަށް ދުއްވާގޮތަށް ޓްރާންސްޕޯޓް މިނިސްޓްރީން ހަމަޖައްސާފައިވާ ކަމަށެވެ.

ބޮޑުތަކުރުފާނު މަގު ތާރުއަޅައިގެން ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ބާޒާރުމަތި ސަރަހައްދު ދެކޮޅަށް ދުއްވޭ ގޮތަށް ފުޅާކޮށް، އާންމުންނަށް ހުޅުވާލައިފި އެވެ. 

ފުލުހުން ބުނީ ބޮޑުތަކުރުފާނުމަގު ޗާންދަނީމަގުން ފެށިގެން ފާލަންދޮށު ހިނގުމާހަމައަށް ދެކޮޅަށް ދުއްވާގޮތަށް ޓްރާންސްޕޯޓް މިނިސްޓްރީން ހަމަޖައްސާފައިވާ ކަމަށެވެ. 


ނަމަވެސް، މަގު ބޭނުންކުރާ މީހުންނަށް ދަތިނުވާ ގޮތަށް އަމަލުކުރުމަށް ފުލުހުން ވަނީ ވަނީ އިލްތިމާސްކޮށްފަ އެވެ.

މިގޮތުން، ބޯޓުފަހަރަށް މުދާއަރުވާ ބޭލުމުގައި ޑަބަލްކޮށް ވެހިކަލް މަޑު ނުކުރުމާއި ބޯޓުފަހަރަށް އަރުވާ ބާލާ މުދާ މަގުމަތީގައި ނުބެހެއްޓުމަށް ފުލުހުން އެދިފައިވެ އެވެ. 

"...ރައްކާތެރި ދުވެލީގެ މިންގަޑާއި ހިލާފަށް ނުދުއްވުމާއި، ގަވާއިދާއި ހިލާފަށް ޕާކްކުރުން ފަދަ ކަންތައް ނުކުރުމަށް ދަންނަވަމެވެ،" ފުލުހުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުންޏެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ބޮޑުތަކުރުފާނު މަގުގައި އަލުން ތާރު އަޅައި ޒަމާނީ ފެންވަރަށް ހެދުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން މާރުކޭޓާ ހިސާބުން ނޯތު ހާބަރާ ހަމައަށް މަގު ފުޅާކޮށް ތާރު އެޅުމުގެ މަސައްކަތް ފެށީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.