ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި މި މަހުގެ ފުރަތަމަ 15 ދުވަހުގެ ރާއްޖެއަށް ޖުމްލަ 125,202 އަށްވުރެ ގިނަ ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ ކުރީ އަހަރު އައި 110,414 ޓޫރިސްޓުންނާ އަޅާކިޔާނަމަ 13.4 ޕަސެންޓުގެ އިތުރުވުމެކެވެ.

މި މަހުގެ ފުރަތަމަ 15 ދުވަހު ރާއްޖެއަށް 125,202 އަށްވުރެ ގިނަ ޓޫރިސްޓުން އައިސް މި އަހަރުގެ މިހާތަނަށް އައި އަދަދު 349,990 އަށް އަރައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި މި މަހުގެ ފުރަތަމަ 15 ދުވަހުގެ ރާއްޖެއަށް ޖުމްލަ 125,202 އަށްވުރެ ގިނަ ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ ކުރީ އަހަރު އައި 110,414 ޓޫރިސްޓުންނާ އަޅާކިޔާނަމަ 13.4 ޕަސެންޓުގެ އިތުރުވުމެކެވެ.
މި މަހުގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީ ފެބްރުއަރީ 14 ވާ ހޮނިހިރު ދުވަހު އެވެ. އެ ދުވަހު އެކަނި ރާއްޖެއަށް 11,136 ޓޫރިސްޓުން އައިސްފައިވެއެވެ.
މި ވަގުތު ރާއްޖޭގައި ޓޫރިސްޓުންނަށް ހިދުމަތް ދިނުމަށް 179 ރިސޯޓެއްގައި 44,807 އެނދު އަދި 113 ގެސްޓްހައުސްއެއްގައި 16,171 އެނދު ދަނީ ބޭނުންކުރަމުންނެވެ.