އެ މީހުން ހޮސްޕިޓަލަށް ގެންދަން އެ ސަރަހައްދަށް ދިޔަ އެމްބިއުލެންސް ވެސް އެކްސިޑެންޓުވެފައިވާ މަންޒަރު ފެންނަ އިތުރު ވީޑިއޯއެއް ވަނީ އާންމުވެފަ އެވެ.

އައްޑޫގެ ހިތަދޫގެ ބޮޑު މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި މީހުން، ހޮސްޕިޓަލަށް ގެންދަން އެ ސަރަހައްދަށް ދިޔަ އެމްބިއުލެންސް ވެސް އެކްސިޑެންޓު ވެއްޖެ އެވެ.
ސޯޝަލް މީޑިޔާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓުގައި ބަޔަކަށް ވަނީ އަނިޔާވެފަ އެވެ.
އެ މީހުން ހޮސްޕިޓަލަށް ގެންދަން އެ ސަރަހައްދަށް ދިޔަ އެމްބިއުލެންސް ވެސް އެކްސިޑެންޓުވެފައިވާ މަންޒަރު ފެންނަ އިތުރު ވީޑިއޯއެއް ވަނީ އާންމުވެފަ އެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުގައި، އެމްބިއުލެންސްގެ ކުރިމައްޗަށް ވަނީ ގެއްލުން ލިބިފަ އެވެ. ނަމަވެސް، މި އެކްސިޑެންޓު ހިނގި ސީދާ ސަބަބެއް އަދި ސާފެއް ނުވެ އެވެ.
މި އެކްސިޑެންޓުތަކާ ގުޅޭ މައުލޫމާތެއް އަދި ފުލުހުން ވެސް ހާމަކޮށްފައެއް ނުވެ އެވެ.