ސްޓޮކް މަދުވުމުން 20ރ. ނޫޓުގެ އާ ސްޓޮކެއް ރާއްޖެއަށް

އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ސާކިއުލޭޝަނުން ނަގާ ވަރަށް އެންމެ ގިނައިން ހަލާކުވެފައި ހުންނަނީ 20ރ. އާއި 100ރ. އަދި 10ރ. އެވެ. މިގޮތުން 2016 އިން 2025 އަށް ބަލާނަމަ ނޫޓުގެ 24 ޕަސެންޓް ދައުރުވުމުގެ ތެރޭން ނަގަން ޖެހުމެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކް އެމްއެމްއޭ -- ފޮޓޯ: އެޑިޝަން

އާއްމުކޮށް ގިނަ ބަޔަކު އަތްމަތީ އެންމެ ގިނައިން ގެންގުޅޭ އެއް ނޫޓް ކަމަށްވާ 20ރ، ގެ ނަގުދު ފައިސާގެ މަދުވުން އާ ސްޓޮކެއް ގެނެސްފި އެވެ. 

މަރުކަޒީ ބޭންކުން މިއަދު ވަނީ ރަންދިހަފަހެއްގެ ނޫޓު ޗާޕުކުރާ އިނގިރޭސިވިލާތުގެ ކުންފުންޏެއް ކަމަށްވާ "ޑިލާ ރޫ" އިން 20ރ ގެ ނޫޓުގެ އާ އަދަދުތަކެއް ގެނެސްފަ އެވެ. 

ސާކިއުލޭޝަންގައި ދެވަނަ އަށް އެންމެ ގިނައިން ދަތުރުކުރާ ނޫޓު ކަމަށްވާ 20ރ. ގެ ނޫޓުގެ އާ ސްޓޮކެއް ރާއްޖެ ގެނެސްފައިވަނީ ރޯދަ މަސް ކައިރިވަމުން އަންނާތީ އޭޓީއެމްތަކުން ނަގާ ފައިސާގެ އަދަދު އިތުރުވުމާއި ހަލާކުވެގެން ސާކިއުލޭޝަނުން ރިޖެންޓްވާ އަދަދުގެ ބަދަލުގައި އިތުރު ނޫޓު ބޭނުންވާތީ އެވެ. މިިގޮތުން 20ރ. ގެ ނޫޓު މަދުވުމުގެ މައްސަލަ މިދިޔަ އަހަރުން ފެށިގެން ދިޔައީ ފާހަަގަވަމުންނެވެ. 

އެމްއެމްއޭގެ ފައިސާ ދަތުރުވުމުގެ ހިސާބުތަކުން މިކަން ފެނެ އެވެ. މިދިޔަ 2022 އިން 2025 ގެ ނިޔަލަށް ބެލިނަމަވެސް މި އަދަދު އިތުރުވަމުންދާތަން ފެނެ އެވެ. މައިގަނޑު ސަބަބަކީ އޭޓީއެމްތަކެއް އިތުރުވުމާއެކު މުޅިރާއްޖޭގެ ސާކިއުލޭޝަންގައި 20ރ، އިތުރުވުމެވެ. އަދި އަންފިޓް ބޭންކް ނޯޓް ނުވަތަ ސާކިއުލޭޓް ކުރަން ބޭނުން ނުކުރެވޭ ވަރަށް ހަލާކުވާ ނޫޓު އެންމެ ގިނައީ 100ރ. އާއި 20ރ. އަދި 10ރ. އެވެ އެގޮތުން ސާކިއުލޭޝަންގައި ބޭނުން ނުކުރޭ ހާލަތަށް ގޮސްގެން 2016 އިން 2025 ގެ ނިޔަލަށް ސާކިއުލޭޓްވާ ނޫޓުގެ 15.5 ޕަސެންޓް ވަނީ އެމްއެމްއޭއަށް ނަގާފަ އެވެ. މިގޮތުން 2020 އިން ބަލާނަމަ އެންމެ ގިނަ ނޫޓު ނަގާފައިވަނީ 2021 ވަނަ އަހަރު އެވެ. އެ އަދަދު 30.7 ޕަސެންޓް ނޫޓު ނަގާފައިވެ އެވެ. 

20ރ. ގެ ނޫޓު ހަތަރު އަހަރު އިތުރުވުން

  •  2022 - 2.3 މިލިއަން ނޫޓް
  •  2023 - 2.5 މިލިއަން ނޫޓް
  •  2024 - 2.7 މިލިއަން ނޫޓް
  •  2025 3 މިލިއަނުން މަތީގައި

ތަފާސްހިސާބުތައް ދައްކާ ގޮތުން 100 ރުފިޔާގެ ނޫޓަށްފަހު ރާއްޖޭގައި އެންމެ ގިނައިން އަލުން ޗާޕުކުރަންޖެހެނީ 50 ރުފިޔާ، 20 ރުފިޔާ އަދި 10 ރުފިޔާގެ ނޫޓެވެ. މިއީ ރާއްޖޭގެ އިގްތިސާދުގައި ނަގުދު ފައިސާ ބޭނުންކުރާ މިންވަރު މަތިކަން ހާމަކޮށްދޭ ކަމެކެވެ. ކުދި ނޫޓުތައް ގިނަގިނައިން ބޭނުންކުރުމުގެ ސަބަބުން އެ ތަކެތީގެ އުމުރު ކުރުވެ އެވެ. ޑިޖިޓަލްކޮށް ފައިސާ ދެއްކޭނެ ގޮތްތައް ފުޅާވަމުން އައި ނަމަވެސް، ގިނަ ރީޓެއިލް ވިޔަފާރިތަކުގައި އަދިވެސް އެންމެ އިސްކަން ދެނީ ނަގުދު ފައިސާ އަށެވެ. ހާއްސަކޮށް ވިޔަފާރިތައް ގިނަވާ ދުވަސްވަރު މިކަން ބޮޑަށް ފާހަގަކުރެވެ އެވެ. މިއީ 20ރ ގެ ނޫޓުގެ ޑިމާންޑަށް އައިސްފައިވާ އެންމެ ބޮޑު ބަދަލެވެ. 

އާ ނޫޓު ގެންނަން ޖެހޭ ސަބަބު - ނޫޓަކީ އަތުން އަތަށް ގޮސް، ގިނަ ދުވަސްވުމުން ބާވެ، ކުލަ ފަނޑުވެ، ނުވަތަ ވީދޭ އެއްޗެކެވެ. އެހެންވުމުން ނޫޓު ބާވުމުން އޭގައި ހުންނަ ސަލާމަތީ ސިފަތައް ދެނެގަންނަން އުނދަގޫވެ އެވެ. އަދި އޭޓީއެމް ފަދަ މެޝިންތަކުން ބާ ނޫޓު ބަލައެއް ނުގަންނާނެ އެވެ. އެހެންކަމުން، ބާވާ ނޫޓުތައް ނައްތާލައި، އޭގެ ބަދަލުގައި އައު ނޫޓު ބާޒާރަށް ނެރެންޖެހެ އެވެ. އަނެއް ސަބަބަކީ ގައުމެއްގެ އިޤްތިސާދު ކުރިއަރައި، މުދަލާއި ހިދުމަތް ގަނެވިއްކުން އިތުރުވުމުން ބާޒާރުގައި ދައުރުވާ ފައިސާގެ މިންވަރު އިތުރުކުރަން ޖެހެ އެވެ. މީހުން ގިނަވާވަރަކަށް ދުވަހުން ދުވަހަށް ކުރާ މުއާމަލާތްތަކަށް ބޭނުންވާ ނަގދު ފައިސާގެ މިންވަރު އިތުރުވެ އެވެ. ނޫޓު ސީރީޒް އަލުން ޗާޕު ކުރަން ޖެހޭ އަނެއް ސަބަބަކީ އިގްތިސޯދުގައި ފުޅާވުމާއެކު ފައިސާގެ ދައުރުވުން އިތުރުވުމެވެ. މިގޮތުން ނޫޓެއް ޗާޕު ކުރަން މައުލޫމާތު ފޮނުވުމާއި މުޅި ޕްރޮސެސްގައި ޖުމްލަ 9 މަސް ހޭދަވެ އެވެ. 

ރަންދިހަ ފަހެއް- ރަންދިޔަ ފަހެއްގެ ނޫޓު ސީރީޒް ނެރެފައިވަނީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ގުޅުވައިގެންނެވެ. އެއީ ނެރުނީ 2015 ވަނަ އަހަރުގެ ތެރޭގައެވެ. މިއީ ދިވެހިރާއްޖޭގެ ފައިސާގެ ތާރީޚުގައި ނެރެވުނު އެންމެ ރީތި އަދި އެންމެ ފެންވަރު ރަނގަޅު އެއް ސީރީޒް އެވެ. މި ނޫޓުތައް އުފައްދާފައިވަނީ ޕޮލިމަރ (ޕްލާސްޓިކްގެ ބާވަތެއް) ބޭނުންކޮށްގެންނެވެ. މީގެ ސަބަބުން ނޫޓު ގިނަ ދުވަހު ހަލާކުނުވެ ހުރެއެވެ. ނޫޓުތަކުގެ ޑިޒައިން ކުރަހާފައިވަނީ ކުޅަދާނަ ކުރެހުންތެރިޔާ ޢަބްދުﷲ ނަޝީދު އެވެ. ކޮންމެ ނޫޓަކުންވެސް ދައްކުވައިދެނީ ދިވެހީންގެ ސަގާފަތް، އިޤްތިޞާދު، ނުވަތަ ރާއްޖޭގެ ގުދުރަތީ ރީތިކަމެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.