ކޮންމެ އަހަރެއްގެ ރޯދަ މަހުގެ ދުވަސްތަކާއި، ޝައްވާލުމަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 9:00 ން މެންދުރު ފަހު 1:00 އަށް ކަމަށް ސަރުކާރުން މަޖައްސާފައި ވަނީ މާޗް 6، 2022 ގަ އެވެ.

މި އަހަރުގެ ރޯދަ މަހުގެ ދުވަސްތަކާއި، ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 9:00 ން މެންދުރު ފަހު 1:00 އަށް ކަމަށް ރައީސް އޮފީހުން ހާމަ ކޮށްފި އެވެ.
ކުރީން ވެސް ރޯދަ މަހުގެ ރަސްމީ ގަޑި އޮތީ އެހެނެވެ. އެގޮތަށް ހިޖުރައިން 1443 ވަނަ އަހަރުން ފެށިގެން، ކޮންމެ އަހަރެއްގެ ރޯދަ މަހުގެ ދުވަސްތަކާއި، ޝައްވާލުމަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 9:00 ން މެންދުރު ފަހު 1:00 އަށް ކަމަށް ސަރުކާރުން މަޖައްސާފައި ވަނީ މާޗް 6، 2022 ގަ އެވެ.
ރައީސް އޮފީހުން ބުނީ މި އަހަރުގެ ރޯދަ މަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ކުރިއެކޭ ވެސް އެއްގޮތަށް ހެނދުނު 9:00 ން މެންދުރުފަހު 1:00 އަށެވެ. އެ ދުވަސްތަކުގައި އެ ވަގުތަށް ފައްޓައިގެން މަސައްކަތްތައް ރާވަން ސަމާލުކަން ދޭން ވެސް އެ އޮފީހުން އެދެ އެވެ.
މީލާދީ ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ މުލަ ރޯދަ ދުވަހަކީ މިމަހުގެ 18 (އަންނަ ބުދަ) ދުވަހެވެ. ރޯދަ މަހުގެ ހަނދު ސާބިތު ކުރުން އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ރެއެވެ.