އިންތިހާބަކާ ނުލައި ޕީއެންސީއަށް ކައުންސިލްގެ 28 ގޮނޑި، ޑަބްލިއުޑީސީގެ 41 ގޮނޑި، އެމްޑީޕީއަށް ލިބުނީ 6 ގޮނޑި

ޕީއެންސީން ވަނީ ހަ ރަށެއްގެ ކައުންސިލް ރައީސްގެ ގޮނޑި ކާމިޔާބު ކޮށްފަ އެވެ.

ޕީއެންސީން ބޭއްވި ކެމްޕޭނު ހަރަކާތެއްގައި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު --

އިންތިހާބަކާ ނުލައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ 28 ގޮނޑި އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ 41 ގޮނޑި ވެރިކަން ކުރާ ޕީއެންސީއިން ކަށަވަރު ކޮށްފި އެވެ.

އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު ބުނީ ކައުންސިލް އިންތިހާބަށް ކުރިމަތިލުމަށް ހުޅުވައިލި މުއްދަތު ހަމަވިއިރު، އިންތިހާބު ކުރަން ޖެހޭ އަދަދަށް ކުރިމަތި ލާފައިވާ ދާއިރާތަކަށާއި، ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް، ގުރުއަތު ލުމުގެ ކުރިން ނަން އަނބުރާ ގެންދިއުމުގެ ސަބަބުން ބައެއް ދާއިރާތަކަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީ މެންބަރުން އިންތިހާބު ވެފައިވާ ކަމަށެވެ.

އިންތިބަކާ ނުލައި ކައުންސިލް ގޮނޑި ކާމިޔާބުކުރި މެންބަރުން ލިސްޓުގައި ޕީއެންސީން ވަނީ 28 ގޮނޑި ކަށަވަރު ކޮށްފަ އެވެ. އަދި އިދިކޮޅު އެމްޑީޕީއަށް އެއް ގޮނޑި ކާމިޔާބުވެފައިވާއިރު، އަދާލަތު ޕާޓީއަށް ވެސް ވަނީ އެއް ގޮނޑި ކާމިޔާބުވެފަ އެވެ. އޭގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރި ތިން ކެނޑިޑޭޓުން ވެސް ވަނީ ގޮނޑި ކާމިޔާބު ކޮށްފަ އެވެ.

ޕީއެންސީން ވަނީ ހަ ރަށެއްގެ ކައުންސިލް ރައީސްގެ ގޮނޑި ކާމިޔާބު ކޮށްފަ އެވެ. އެއީ؛

  • 1.ހއ. އުތީމު ކައުންސިލް ރައީސް - އަބްދުﷲ ރަޝީދު
  • 2.ހއ. ބާރަށު ކައުންސިލް ރައީސް - އަލީ ޝަމީމް
  • 3.އއ. ހިމަންދޫ ކައުންސިލް ރައީސް - މުހައްމަދު އަކްރަމް އަހުމަދު
  • 4.އދ. މަންދޫ ކައުންސިލް ރައީސް - މުހައްމަދު ސައީދު
  • 5.އދ. ދިއްދޫ ކައުންސިލް ރައީސް - އަނީސް މުހައްމަދު
  • 6.ލ. މުންޑޫ ކައުންސިލް ރައީސް - އާދަމް ނަސީފު

އެމްޑީޕީން ކާމިޔާބު ކޮށްފައި ވަނީ އއ. ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސްގެ ގޮނޑި އެވެ. އެ ގޮނޑިއަށް އިންތިހާބުވެފައި ވަނީ އެރަށު ނޫވިލާގޭ ޝުޖާއު އާދަމް އެވެ. 

އަދާލަތު ޕާޓީން ކާމިޔާބު ކޮށްފައި ވަނީ ރ. ކިނޮޅަހު ކައުންސިލް މެންބަރު ކަމުގެ ގޮނޑި އެވެ. އެ ދާއިރާއިން ޕީއެންސީއަށް ވެސް ގޮނޑިއެއް ކަށަވަރުވެފައިވެ އެވެ.

އީސީން އާންމު ކުރި ލިސްޓުގައި، ޑަބްލިއުޑީސީގެ 41 ގޮނޑި އިންތިހާބަކާ ނުލައި ޕީއެންސީން ކާމިޔާބު ކޮށްފައިވާއިރު، އެމްޑީޕީއަށް ފަސް ގޮނޑި ވަނީ ކާމިޔާބުވެފަ އެވެ. އަދި އަދާލަތު ޕާޓީއަށް އެއް ގޮނޑި ކަށަވަރުވެފައިވާއިރު، އަމިއްލަ ގޮތުން ވާދަކުރި ދެ ކެނޑިޑޭޓަކު ވަނީ އިންތިހާބު ވެފަ އެވެ.

ކައުންސިލް އިންތިހާބު އޮންނާނީ އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު އެވެ. ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް، ކެނޑިޑޭޓު ނަންބަރުތައް މިހާރު ވަނީ ގުރުއަތު ނަގައިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.