މިމަހުގެ ހަތްވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން އެމީހާ ހައްޔަރު ކޮށްފައި ވަނީ ފޭސްބުކް މާކެޓްޕްލޭސްގައި އަލަމާރިއެއް ވިއްކާނެ ކަމަށް ބުނެ މީހެއްގެ އަތުން ފައިސާ ފޭރުމުގެ ތުހުމަތުގަ އެވެ.

ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް މުދާ ވިއްކާނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދި ބިދޭސީ މީހަކު ފުލުހުން ހައްޔަރު ކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ނަކުލް ކޭ ސީ، ނޭޕާލް 23، އެވެ.
މިމަހުގެ ހަތްވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން އެމީހާ ހައްޔަރު ކޮށްފައި ވަނީ ފޭސްބުކް މާކެޓްޕްލޭސްގައި އަލަމާރިއެއް ވިއްކާނެ ކަމަށް ބުނެ މީހެއްގެ އަތުން ފައިސާ ފޭރުމުގެ ތުހުމަތުގަ އެވެ.
މި މައްސަލައާ ގުޅިގެން ނަކުލް ކޭ ސީގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 12 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
ފުލުހުން ބުނީ މި މައްސަލަ އާއި ނަކުލް ކޭ ސީގެ މިފަދަ އިތުރު މައްސަލަތަކެއް ވެސް ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.