ކުޑަކުއްޖަކަށް ޖިންސީ ކުރި ކަމުގެ ތުހުމަތުގައި ބްރައިޓް މައިންޑްސްގެ ވެރިޔާ ހައްޔަރުކޮށްފި

އެނގިފައިވާ ގޮތުގައި އަފްލާހު ހައްޔަރު ކުރީ އޭނާގެ ދަރިވަރަކު ގުރޫމްކޮށް، ގިނަ ދުވަސްތަކެއް ވާންދެން ޖިންސީ ގޯނާ ކުރި މައްސަލައެއްގަ އެވެ.

ޖިންސީ ގޯނާގެ ތުހުމަތު އޮތް އަލީ އަފްލާހު --

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި، ސްކޫލް ކުދިންނަށް އޮންލައިންކޮށް ޓިއުޝަން ނަގައިދިނުމުގެ ހިދުމަތް ދޭ "ބްރައިޓް މައިންޑްސް"ގެ ވެރިޔާ، އަލީ އަފްލަހު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިރޭ ބުނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި މިމަހުގެ 11 ވަނަ ދުވަހު 27 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ހައްޔަރު ކުރި މީހާގެ ވަނަވަރު ފުލުހުން އާންމު ނުކުރި ނަމަވެސް، އެއީ ހުޅުމާލެ، ޚައިތަރު، އަލީ އަފްލަހު އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ.

އެނގިފައިވާ ގޮތުގައި އަފްލާހު ހައްޔަރު ކުރީ އޭނާގެ ދަރިވަރަކު ގުރޫމްކޮށް، ގިނަ ދުވަސްތަކެއް ވާންދެން ޖިންސީ ގޯނާ ކުރި މައްސަލައެއްގަ އެވެ.

އެ މައްސަލަ ފެންމަތިވުމާއެކު އޭނާ ވަނީ ރާއްޖެއިން ފިލައިގެން ގޮސްފަ އެވެ. އޭނާ ހައްޔަރު ކޮށްފައި ވަނީ ގިނަ ދުވަސްތަކެއް ވަންދެން ފިލައިގެން އުޅުމަށްފަހު އިންޑިއާގެ މުމްބާއީއިން ރާއްޖެ އައުމާއެކު އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.