އެގޮތުން، ކަސްޓަމްސް އިން އަތުލައިގަތް ތަކެތީގެ ބަރުދަނުގައި 36.43 ކިލޯ ހުއްޓެވެ. އޭގެ މަގުމަތީގެ އަގު 29 މިލިއަން ރުފިޔާއަށް އަރާ ކަމަށް އެ އިދާރާއިން ބުންޏެވެ.

ކަނޑުމަގުން ރާއްޖެ އެތެރެކުރަން ކުރަން އުޅުނު 29 މިލިއަން ރުފިޔާގެ ހަޝިޝް އޮއިލް ކަސްޓަމްސް އިން އަތުލައިގެންފި އެވެ.
ކަސްޓަމްސްއިން މިއަދު ބުނީ މިތަކެތި އަތުލައިގަތީ މިދިޔަ ބުރާސްފަތި ދުވަހު ރާއްޖެ އިން ބޭރުން މާލޭގެ ވިޔަފާރިވެރިންގެ ބަނދަރަށް ގެނައި މުދާ ޝިޕްމެންޓެއް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
އެ ޝިޕްމެންޓު ބަލައި ފާސްކުރުމުގެ ތެރޭގައި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާ ކަމަށާއި، ފުރަތަމަ މަރުހަލާގެ ޓެސްޓުތަކުން މިތަކެތި ޕޮޒިޓިވްވެފައި ވަނީ ހަޝިޝް އޮއިލްއަށް ކަމަށް ކަސްޓަމްސް އިން ބުނެފައިވެ އެވެ.
އެގޮތުން، ކަސްޓަމްސް އިން އަތުލައިގަތް ތަކެތީގެ ބަރުދަނުގައި 36.43 ކިލޯ ހުއްޓެވެ. އޭގެ މަގުމަތީގެ އަގު 29 މިލިއަން ރުފިޔާއަށް އަރާ ކަމަށް އެ އިދާރާއިން ބުންޏެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް، އެ މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.