ރޯދަ މަހުގެ ޑިސްކައުންޓް ބިލު ހަދަން ހޯމައިގައި ރީޑިން ނަގަން ފަށަނީ

ރޯދަ މަހު ޑޮމެސްޓިކް ރޭޓުން ބިލްކުރާ ގޭބީސީތަކުގެ ކަރަންޓު ބިލަށް ދައްކަންޖެހެނީ ގިނަވަގެން 400ރ. ކަމަށް ރައީސް އިއުލާނު ކުރައްވާފައި ވަނީ ސަރުކާރަށް ދެ އަހަރު ފުރުމުގެ މުނާސަބަތުގައި މިދިޔަ ނޮވެމްބަރު މަހު ބޭއްވި ބޮޑު ޖަލްސާގަ އެވެ.

ސްޓެލްކޯ މުވައްޒަފެއް ރީޑިން ނަގަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، އަންނަ ރޯދަ މަހު އަންނާނީ ވަކި ބިލެއް ކަމަށާއި، އެ ބިލު ހެދުމަށް މި ފެށޭ ހަފްތާ ރީޑިން ނަގާނެ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

ރޯދަ މަހު ޑޮމެސްޓިކް ރޭޓުން ބިލްކުރާ ގޭބީސީތަކުގެ ކަރަންޓު ބިލަށް ދައްކަންޖެހެނީ ގިނަވަގެން 400ރ. ކަމަށް ރައީސް އިއުލާނު ކުރައްވާފައި ވަނީ ސަރުކާރަށް ދެ އަހަރު ފުރުމުގެ މުނާސަބަތުގައި މިދިޔަ ނޮވެމްބަރު މަހު ބޭއްވި ބޮޑު ޖަލްސާގަ އެވެ.

"ޑޮމެސްޓިކް ރޭޓުން ބިލްކުރާ ކޮންމެ ބިލަކަށް އެންމެ ގިނަވެގެން މިއަންނަ ރަމަޟާންމަހު ނަގާނީ 400 ރުފިޔާ. ޑޮމެސްޓިކް ރޭޓުން ބިލްކުރާ ކޮންމެ ބިލަކަށް މިއަންނަ ރަމަޟާންމަހު ނަގާނީ، އެމަހުގެ ބިލަށް ނަގާނީ އެންމެ ގިނަވެގެން 400 ރުފިޔާ. ބާކީބައި ޑިސްކައުންޓް،" ރައީސް އެރޭ ވިދާޅުވެފައިވެ އެވެ.

ސްޓެލްކޯ އިން މިއަދު ބުނީ ރޯދަ މަހުގެ ކަރަންޓު ބިލު 400ރ. އަށްވުރެ ބޮޑު ނުވާނެހެން ޑިސްކައުންޓް ދިނުމަށް ރައީސް ނިންމަވާފައިވާތީ، ރޯދަ މަހަށް ވަކި ބިލެއް ތައްޔާރުކުރުމަށް ރީޑިން ނެގުމުގެ މަސައްކަތް މިމަހުގެ 16 އަދި 17 ވަނަ ދުވަހު ކުރިއަށްދާނެ ކަމަށެވެ.

މިކަމުގައި ހުރިހާ ކަސްޓަމަރުން ވެސް އެއްބާރުލުން ދިނުމަށްވެސް އެ ކުންފުނިން އެދިފައިވެ އެވެ.

މިދިޔަ އަހަރު ވެސް ރޯދަ މަހުގެ ކަރަންޓު ބިލުތަކުން ވަނީ ޑިސްކައުންޓް ދީފަ އެވެ. އޭގެ އިތުރުން މިދިޔަ އަހަރާއި މިއަހަރުވެސް ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ވަނީ ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭސްވެސް ބަލައިފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.