ދޯނީގައި ރޯވި އަލިފާން ކޮންޓްރޯލް ކޮށްފި، ފަސް މީހަކަށް އަނިޔާ

ޖުމްލަ 15 މީހުންނާއެކު ދަތުރުކުރަމުން ދިޔަ އެ ދޯނީގައި އަލިފާން ރޯވެފައި ވަނީ މިއަދު މެންދުރު 2:50 ހާއިރު އެވެ. ދޯނީގައި ތިބި މީހުން ސަލާމަތް ކޮށްފައިވާއިރު، އޭގެ ތެރެއިން ފަސް މީހަކަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފަ އެވެ.

ދޯނީގައި ރޯވި އަލިފާން ނިއްވުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވަނީ --

ކުރުނބާ މޯލްޑިވްސް ރިސޯޓު ކައިރީގައި އޮތް މަސް ދޯނީގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކޮށްފި އެވެ.

ޖުމްލަ 15 މީހުންނާއެކު ދަތުރުކުރަމުން ދިޔަ އެ ދޯނީގައި އަލިފާން ރޯވެފައި ވަނީ މިއަދު މެންދުރު 2:50 ހާއިރު އެވެ. ދޯނީގައި ތިބި މީހުން ސަލާމަތް ކޮށްފައިވާއިރު، އޭގެ ތެރެއިން ފަސް މީހަކަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފަ އެވެ.

ފުލުހުން ބުނީ އަނިޔާވީ ދެ ދިވެހިންނަށާއި ތިން ބިދޭސީންނަށް ކަމަށެވެ. ކުރުނބާ މޯލްޑިވްސްގެ އުޅަނދެއްގައި އެމީހުން މާލެ ގެނެސް، ފަރުވާ ދެމުންދާ ކަމަށްވެސް ބުންޏެވެ. 

އެމްއެންޑީއެފް އިން މި ހާދިސާގެ އަޕްޑޭޓެއް ދެމުން ބުނީ އަލިފާންގަނޑު ކޮންޓްރޯލްވި ނަމަވެސް މުޅިން ނިއްވާލެވިފައި ނުވާ ކަމަށެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބުން ސާފެއް ނުވެ އެވެ. ބެލެވޭ ގޮތުގައި ބޭނުން ނުކުރެވޭ ވަރަށް ދޯނި ވަނީ އަނދައިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.