އުމައިރަކީ ރަން ވަނަތައް ހޯދާފައިވާ މޮޅު ކުޅުންތެރިއެއް: މަހުލޫފް

"މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އަށް ނޮމިނޭޓު ވެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލަކަށް ވީތީއެއްނޫން. އެންމެ ކުޑައިރުންފެށިގެން ކުރާ މަސައްކަތުން. 2024 ވަނަ އަހަރު ހޯދި ކާމިޔާބީގެ ނަތީޖާ،" މަހުލޫފް ވިދާޅުވި އެވެ.

އުމައިރު މީގެ ކުރިން ބޭއްވި ޓީޓީ މުބާރާތެއްގެ އެއްވަނަ ހާސިލްކޮށްފައި --

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދޮށީ ފިރިހެން ދަރިކަލުން، އުމައިރު މުހައްމަދު މުއިއްޒަކީ ރާއްޖެއަށް ރަން ވަނަތަކެއް ހޯދާފައިވާ މޮޅު ކުޅުންތެރިއެއް ކަމަށް ކުރީގެ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

ސްޕޯޓްސް މިނިސްޓްރީގެ ކުޅިވަރު އެވޯޑަކަށް އުމައިރު ނޯމިނޭޓްވުމުން ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. އަދި ބައެއް މީޑިއާތަކުގައިވެސް އެކަން ވަނީ ރިޕޯޓްކޮށްފަ އެވެ.

އެފަރާތްތަކަށް ރައްދު ދެއްވުމުގެ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަހުލޫފް ވިދާޅުވީ އުމައިރު އަކީ މޮޅު ޓޭބަލް ޓެނިސް ކުޅުންތެރިއެއް ކަމަށާއި ޓީޓީ އިން ރަން ވަނަތަކެއް ބައިނަލްއަގުވާމީ އަދި ގައުމީ ފެންވަރުގައި ހޯދާފައިވާ ހުނަރުވެރި ކުޅުންތެރިއެއް ކަމަށެވެ.

"މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އަށް ނޮމިނޭޓު ވެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލަކަށް ވީތީއެއްނޫން. އެންމެ ކުޑައިރުންފެށިގެން ކުރާ މަސައްކަތުން. 2024 ވަނަ އަހަރު ހޯދި ކާމިޔާބީގެ ނަތީޖާ،" މަހުލޫފް ވިދާޅުވި އެވެ.

އުމައިރަކީ އެމްޑީޕީގެ ވެރިކަމުގައި އަރުތަ ޕްރޮގްރާމުގައި ހިމެނުނު އެތުލީޓެއްކަން ވެސް މަހުލޫފް ފާހަގަކުރެއްވި އެވެ.

"ހަގީގަތް ނުބަލާ ކުދިންގެ މިފަދަ ބުރަ މަސައްކަތުގެ ކާމިޔާބީ ސިޔާސީ ކުރުން ހުއްޓާލަންޖެހޭ،" މަހުލޫފް ވިދާޅުވި އެވެ.

މިއީ ރައީސެއްގެ ބޭފުޅަކު މިފަދަ އެވޯޑަކަށް ނޯމިނޭޓްވި ފުރަތަމަ ފަހަރެވެ. އެހެންވެ އެކަމަށް ސިޔާސީ ވާދަވެރިން ފާޑުކީ ނަމަވެސް، ކުޅިވަރުގެ ދާއިރާގައި ހިމެނޭ ފަރާތްތައް ދަނީ އުމައިރުގެ މަސައްކަތަށް ތައުރީފު ކުރަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.