މި ހަތިޔާރަކީ ބާރުގަދަ މައިކްރޯވޭވް ރޭޑިއޭޝަން ބޭނުންކޮށްގެން ދުރު ރާސްތާއަކަށް ހަމަލާދިނުމުގެ ގާބިލްކަން ލިބިގެންވާ އާލާތެކެވެ.

ޖައްވުގައި ދުވަމުންދާ ސެޓެލައިޓްތަކުގެ މަސައްކަތް ހުއްޓުވައި، އޭގެ އެތެރޭގެ ނާޒުކު އިލެކްޓްރޯނިކްސް ސިސްޓަމްތަކަށް ގެއްލުން ދެވޭ ފަދަ ހަތިޔާރެއް ޗައިނާއިން އުފައްދައިފި އެވެ.
މި ހަތިޔާރަކީ ބާރުގަދަ މައިކްރޯވޭވް ރޭޑިއޭޝަން ބޭނުންކޮށްގެން ދުރު ރާސްތާއަކަށް ހަމަލާދިނުމުގެ ގާބިލްކަން ލިބިގެންވާ އާލާތެކެވެ. މި ޓެކްނޮލޮޖީ ބޭނުންކުރަނީ ސެޓެލައިޓް ގޮއްވާލުމުގެ ބަދަލުގައި، އޭގެ ސިގްނަލްތަކަށް ހުރަސްއަޅައި ނުވަތަ އޭގެ އެތެރޭގައި ހުންނަ ސާކިޓްތައް އަނދާލުމަށެވެ. ބިމުގައި ހުރެގެން ނުވަތަ އެހެން އުޅަނދަކުން ފޮނުވާލާ މި ބާރުގަދަ ރޭޑިއޭޝަން ބީމް ސެޓެލައިޓަށް އަމާޒުކޮށްލަ އެވެ. އަދި މި ހަމަލާގެ ސަބަބުން ސެޓެލައިޓްގެ ކޮމިއުނިކޭޝަން ސިސްޓަމްތައް "ޖޭމް" ވެ، ނުވަތަ މުޅި ސެޓެލައިޓް ކޮންޓްރޯލުން ނެއްޓި ބޭނުންނުކުރެވޭ ވަރުވެ އެވެ.
ޗައިނާގެ އެކަޑެމީ އޮފް ސައިންސަސް ކުރިއަށްގެންދިޔަ މި މަޝްރޫއަކީ ޒަމާނީ ހަނގުރާމައެއްގައި ޖައްވީ ބާރުވެރިކަން ހޯދުމަށް ކުރާ މަސައްކަތެކެވެ. މިއީ އެހެން ގައުމުތަކުން ޗައިނާގެ މަތިން އުދުއްސާ ޖާސޫސީ ސެޓެލައިޓްތަކުގެ މަސައްކަތް ހުއްޓުވުމުގެ ގާބިލްކަން މިހާރު ވަނީ ލިބިފަ އެވެ. އަދި މި ހަތިޔާރުގެ ސަބަބުން ސެޓެލައިޓް ކުދިކުދިވެގެން ޖައްވުގައި "ސްޕޭސް ޑެބްރީ" ނުވަތަ ކުނިބުނި އިތުރެއް ނުވާނެ އެވެ. މިއީ އެހެން ގައުމުތަކުގެ ފާޑުކިޔުންތަކުން ސަލާމަތްވުމަށް ޗައިނާ އަށް ލިބޭ ފުރުސަތެކެވެ.