އިންތިހާބުގައި ޕީއެންސީއަށް ޖޭޕީން ތާއީދުކުރަނީ ދަރަނިތައް ދައްކައި ހަމަޖެހުން ގާއިމުކުރަން

"ހުރިހާ ބޭފުޅުން ވެސް ވޯޓު ދެއްވާށޭ ޕީއެންސީގެ މެންބަރުންނަށް، ގައުމުގެ މަސްލަހަތާއި އަމާންކަން ކުރިއަށް ގެންދިޔުމަށްޓަކައި،" ގާސިމް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ގާސިމް އިބްރާހިމް މީގެ ކުރިން ބައްދަލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި، ވެރިކަންކުރާ ޕީއެންސީއަށް ތާއީދުކުރަން ޖުމްހޫރީ ޕާޓީ (ޖޭޕީ)އަށް ތާއީދުކުރަން ނިންމީ، ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ މާލީ ދަތި ހާލަތުން އަރައިގަނެ، ހަމަޖެހުން ގާއިމުކުރުމަށް ހުރަހަކަށް ވުމަށް ބޭނުންނުވާތީ ކަމަށް، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.

އަންނަ އޭޕްރީލް 4 ގައި އޮންނަ އިންތިހާބުގައި، އދ. މާމިގިއްޔާއި ފެންފުށީގެ ކައުންސިލްތަކަށް ފިޔަވައި އެހެން ދާއިރާތަކަށް ކެންޑިޑޭޓުން ނުނެރެ، ޕީއެންސީގެ ކެންޑިޑޭޓުންނަށް ޖޭޕީން ތާއީދުކުރަން ނިންމައި އެކަން ވަނީ އިއުލާނުކޮށްފަ އެވެ. 

މާމިގިއްޔާއި ފެންފުއްޓަށް ޖޭޕީން ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕެއިން އިފުތިތާހު ކުރަން ރޭ ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ،  ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދު ކުރަން ނިންމީ، ގައުމަށް ހަމަޖެހުން އައުމުގެ ހުރަހަކަށްވާން ބޭނުންނުވާތީ ކަމަށެވެ. 

ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވި ގޮތުގައި، ކުރީގެ ސަރުކާރުން ރާއްޖެ ބަނގުރޫޓުވާ ހާލަތަށް ވައްޓާލާފައިވަނިކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން، އެ ދަރަނިތައް ދައްކައި، މާލީ ހާލަތު ރަނގަޅުކުރަން ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާ ކަމަށެވެ.

އެ މަސައްކަތުގައި ސިޔާސީ ޕާޓީތައް ހިމެނޭ ގޮތަށް، އެންމެންވެސް އެކުވެ، އެއްބާރުލުންދޭންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

"ހުރިހާ ބޭފުޅުން ވެސް ވޯޓު ދެއްވާށޭ ޕީއެންސީގެ މެންބަރުންނަށް، ގައުމުގެ މަސްލަހަތާއި އަމާންކަން ކުރިއަށް ގެންދިޔުމަށްޓަކައި،" ގާސިމް ވިދާޅުވި އެވެ.

މީގެއިތުރުން، ޕީއެންސީގެ ކެންޑިޑޭޓުންގެ ބަދަލުގައި މައި އިދިކޮޅު އެމްޑީޕީއަށް ވޯޓު ދިނުމަކީ، ބޭކާރު ކަމެއްގެ ގޮތުގައި ވެސް ގާސިމް ރޭ ވަނީ ސިފަކުރައްވައިފަ އެވެ. 

"ތިޔަ ބޭފުޅުން އެންމެ ރަނގަޅު ވޯޓު ނުދެއްވީ ޕީއެންސީ އަށް. އިދިކޮޅު ކެންޑިޑޭޓުންނަށް ވޯޓު ދެއްވީ. އެއްވެސް ކަމެއް ކުރެވޭނެތަ؟ ރަށުން ބޭލޭނެތަ އެ މަނިކުފާނު؟ ވެރިކަމުން ބޭލޭނެތަ އެމަނިކުފާނު؟. ނޯ. ކީއްކުރަންތޯ ބޭނުން ނެތް ކަމެއް ކުރަނީ،" ގާސިމް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.