އަހިވަކު ފަންޏަކީ ކެންސަރާއި ޓިއުމަރުފަދަ ބޮޑެތި ބަލިތަކާ ދެކޮޅަށް މަސައްކަތް ކުރާ އެއްޗެކެވެ. އެގޮތުން އަހިވަކުގައި ހިމެނޭ އެންޓި އޮޖްސިޑޭންޓްތަކުގެ ސަބަބުން ކެންސަރުގެ ސެލްތައް އުފެދުމާއި ޓިއުމަރު އުފެދުމުން ރައްކާތެރިކޮށްދެ އެވެ.

މޮރިންޑާ ސިޓްރިފޯލިއާ ނުވަތަ ދިވެހި ބަހުންނަމަ އަހިވަކަކީ ދުނިޔޭގެ ގިނަ ގައުމުގަތުގައި ހެދޭ އެއްޗެކެވެ. އާންމު ގޮތެއްގައި ފެންނަނީ ދެކުނު އޭޝިއާގެ ގައުމުތަކުގަ އެވެ. މިއީ ރާއްޖޭގައި ވެސް ވަރަށް ގިނައިން ހެދޭ މޭވާއެކެވެ.
އަހިވަކަކީ ވަރަށް ނުބައިވަސް ދުވާ، އަދި އަނގަޔަށްވެސް އެހާ މީރު މޭވާއެއް ނޫނެވެ. އެހެންވުމުގެ ސަބަބުން މީތި ބޭނުންކުރާ މީހުން ވަރަށް މަދެވެ. ނަމަވެސް މިއީ ސިއްހީ އެތައް ފައިދާއެއް އެކުލެވިގެންވާ، އަދި ބޮޑެތި ބަލިތަކަށް ހުރި ފަރުވާއެއް ކަމަށް ސިއްހީ މާހިރުން ބުނެ އެވެ.
އެގޮތުން އަހިވައް ގަހުގައި އަޅާ މަލާއި، ފަތް، ތޮށި އަދި މުލަކީވެސް ތަފާތު ބޭނުންތަކުގައި ބޭނުން ކުރާ ތަކެއްޗެވެ.
ހުސް ބަނޑާ ކޮންމެ ދުވަހަކު ހެނދުނު އަހިވަކެއް ކާނަމަ ނުވަތަ ޖޫސް ގިރައިގެން ބޯނަމަ ބަނޑުގައި އުފެދޭ ގޭސް، ބަނޑުގެ ރިހުން އަދި ހަޖަމުގެ ނިޒާމު ވަރުގަދަކޮށްދެ އެވެ.
އަހިވަކު ފަންޏަކީ ކެންސަރާއި ޓިއުމަރުފަދަ ބޮޑެތި ބަލިތަކާ ދެކޮޅަށް މަސައްކަތް ކުރާ އެއްޗެކެވެ. އެގޮތުން އަހިވަކުގައި ހިމެނޭ އެންޓި އޮޖްސިޑޭންޓްތަކުގެ ސަބަބުން ކެންސަރުގެ ސެލްތައް އުފެދުމާއި ޓިއުމަރު އުފެދުމުން ރައްކާތެރިކޮށްދެ އެވެ.
އޭގެ އިތުރުން، އަހިވަކުގައި ހިމެނޭ އެންތްރަކިނޯންގެ ސަބަބުން ގައިގައި ހެދޭ ފާރުގަނޑުތަކާއި ހަލާކުވެފައި ހުންނަ ތަންތަނުގައި އުފެދޭ ޖަރާސީމުތަކުގެ އަސަރު ނައްތައިލަ އެވެ.
ސިއްހީ މާހިރުން ބުނާ ގޮތުގައި، އަހިވަކު ޖޫސްތައްޓެއްގެ ކޮންމެ 100 ގްރާމެއްގައި 15.3 ކިލޯކެލެރީގެ ހަކަތަ، 3.4 ގްރާމް ކާބޯހައިޑްރޭޓްސް، 0.43 ގްރާމް ޕްރޮޓީންގެ އިތުރުން 33.65 މިލިގްރާމް ވިޓަމިން ސީ އަދި 70 މިލިގްރާމް ޕޮޓޭސިއަމް ހިމެނެ އެވެ.
އާންމު ދިރިއުޅުމުގައި ބޭނުން ކުރުން ދުރުވެފައިވާ މި މޭވާއަކީ ކޮންމެހެންވެސް ބޭނުންކުރުން މުހިންމު މޭވާއެކެވެ. މިއީ ހުތް ފޮނި އަދި ކޮންމެވެސް ވަރަކަށް ކުޅި ރަހައެއް ދޭ މޭވާއެކެވެ. ގައިގެ ހަންގަނޑު އޮމާންކޮށްލައި ކުލަ އަލިކޮށްލުމަށް ވެސް މިއީ ފައްކާ މޭވާއެއް ކަމަށް ސިއްހީ މާހިރުން ބުނެ އެވެ.