މާލޭގެ އިރުމައްޗާއި އުތުރު ފަރާތަށް ގްރީން އޭރިއާއާއެކު ޖަޕާނުން ބޮޑު ބަދަލެއް

މި މަޝްރޫއު ވެގެންދާނީ ޖަޕާނު ސަރުކާރުން މާލެ ވަށައިގެންވާ ކަނޑުތޮށި ހެދުމުގެ މަޝްރޫއު ހިންގިފަހުން މާލޭގައި ކުރިއަށް ގެންދާ އެންމެ ބޮޑު މަޝްރޫއަށެވެ. މި މަޝްރޫއު ހިންގަނީ ޖަޕާނުގެ ޓޯޔޯ ކޮންސްޓްރަކްޝަން އިންނެވެ.

ޖަޕާން ސަރުކާރުން މާލެ އިރުމަތި ފަރާތަށް ގެންނަ ބަދަލު ފެންނަ ކުރެހުމެއް

މާލެ ވަަށައިގެންވާ ކަނޑުތޮށި ޖަހައި، ޖަޕާނު ސަރުކާރުން މާލޭގެ އިރުމައްޗާއި އުތުރު ފަރާތަށް ބޮޑު ބަދަލެއް ގެނައުމުގެ ގޮތުން، އެ މަސައްކަތާ ހަވާލު ވެއްޖެ އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ވަނީ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން ޖަޕާނުގެ ކުންފުންޏަކާ ހަވާލުކޮށްފަ އެވެ.

ޕްރޮޖެކްޓް ފޯ ޑިޒާސްޓާ ރެޒިލިއެންސް އެންހޭންސްމަންޓް އިން މާލެ އައިލެންޑް (ކޮންސްޓްރަކްޝަން ފޭސް) – ޕެކޭޖް އެކެއްގެ ނަމުގައި ކުރިއަށް ގެންދާ މި މަޝްރޫއުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހީމް ޠައާމު މުހައްމަދެވެ. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ކުރާ ޓޯޔޯ ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު އިޒާވާ ކަން އެވެ.

މި މަޝްރޫއު ވެގެންދާނީ ޖަޕާނު ސަރުކާރުން މާލެ ވަށައިގެންވާ ކަނޑުތޮށި ހެދުމުގެ މަޝްރޫއު ހިންގިފަހުން މާލޭގައި ކުރިއަށް ގެންދާ އެންމެ ބޮޑު މަޝްރޫއަށެވެ. މި މަޝްރޫއުގެ ދަށުން ސަލްމާން މިސްކިތް ބިއްދޮށުގައިވާ ސަރަހަައްދުން ފެށިގެން ރާޅުގަނޑު ސަރަހައްދާ ހަމައަށް ތަރައްގީ ކުރާނެ އެވެ. މި ގޮތުން ރާޅުގަނޑު ސަރަހައްދުގައި ބީޗެއް ހަދައި އެ ސަރަހައްދު ތަރައްގީ ކުރަނީ ރާޅާއެޅުންތެރިންނާއި އެކުޅިވަރަށް ހާއްސަ އޭރިއާއެއްގެ ގޮތުގަ އެވެ. 

މަޝްރޫއުގެ މައުލޫމާތު ކުރުކޮށް

  •  ކޮންންޓްރެކްޓަރު : ޓޯޔޯ ކޮންސްޓްރަކްޝަން
  •  ކޮންސަލްޓަންޓަންޓް : އޮރިއެންޓަލް ކޮންސަލްޓަންޓްސް ގްލޯބަލް ކޮމްޕެނީ ލިމިޓެޑް
  •  ކޮންޓްރެކްޓް އަގު 700 މިލިއަން ޖަޕަނީސް ޔެން (ގާތްގަނޑަކަށް 4.8 މިލިއަން ޑޮލަރު)
  •  ކޮންޓްރެކްޓް ސޮއިކުރެވުނު ތާރީހު 10 ފެބްރުވަރީ 2026
  •  ކޮންޓްރެކްޓް ނިންން ޖެހޭ ތާރީހު : 487 ދުވަސް

ޖަޕާނު އެހީތެރި ތާރީހެއް - ވެރިރަށް މާލެއަށް 1987 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ބޮޑު ރާޅުގެ ކާރިސާގައި މާލެ އަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ދިވެހި ސަރުކާރުން ސަރުކާރުގައި ޖަޕާނުގެ އެހީއަށް އެދުނެވެ. ޖަޕާނުން ވަނީ މާލެ ވަށައިގެންވާ ބޮޑު ކަނޑުތޮށި ހެދުމުގެ މަސައްކަތް ކޮށް ދީފަ އެވެ. މި ކުރިއަށް ގެންގޮސްފައިވަނީ ޖަޕާނުގެ ހިލޭ އެހީގެ ދަށުން ޖައިކާއިންނެވެ. މ މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ 1987 އިން 2002 އަށެެވެ. މިއީ ގާތްގަނޑަކަށް 7.5 ބިލިއަން ޖަޕަނީޒް ޔެންގެ މަޝްރޫއެކެވެ. މި މުޅި މަޝްރޫއު ނިންމާލާފައިވަނީ ހަތަރު މަރުހަލާއަކަށް ބަހާލައިގެންނެވެ. އެގޮތުން ޖަޕާނުން ވަނީ އޭރުގެ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުނުންކޮށްފަ އެވެ. ކަނޑުތޮށި ޖެހުމަށް ބޭނުންކޮށްފައިވަނީ "ޓެޓްރަޕޮޑްސް" ނުވަތަ ތިން ފައިކަށި ގަވެ. މިއީ ރާޅުގެ ބާރު ކަނޑުވާލުމަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ކޮންކްރީޓް ގަލެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.