ފުށިދިއްގަރު ފަޅުން 116 ހެކްޓަރު ހިއްކައިފި

އެމްއޭސީއެލް އިން ބުނީ ރަސްމާލެއިން ފުރަތަމަ ހިއްކަން ނިންމާފައިވާ ސައިޓް އޭ އިން ކަނޑައަޅާފައިވާ 137.5 ހެކްޓަރުގެ ތެރެއިން މިހާތަނަށް ވަނީ 116.00 ހެކްޓަރުގެ ބިން ހިއްކާ ނިންމާފަ އެވެ.

ރަސްމާލެ ހިއްކާ : މި މަސައްކަތުގެ ދަށުން 137.5 ހެކްޓަރު ހިއްކާނެ -- އެޗްޑީސީ

ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ "ރަސްމާލެ" މަޝްރޫއުގެ ސައިޓް އޭގެ ބިން ހިއްކުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާއިރު ފުރަތަމަ ހިއްކަން ކަނޑައެޅ ސަރަހައްދުގައި 84 ޕަސެންޓް ނިންމާލައިފި އެވެ. 

އެއާޕޯޓް ހިންގަން ޒަމާނުއްސުރެން އުޅޭ ނަމަވެސް މިހާރު ބިން ހިއްކުމާއި ކުޅިވަރު ދަނޑުއަޅަން ހަރަކާތްތެރިވާ އެމްއޭސީއެލް އިން ބުނީ ރަސްމާލެއިން ފުރަތަމަ ހިއްކަން ނިންމާފައިވާ ސައިޓް އޭ އިން ކަނޑައަޅާފައިވާ 137.5 ހެކްޓަރުގެ ތެރެއިން މިހާތަނަށް ވަނީ 116.00 ހެކްޓަރުގެ ބިން ހިއްކާ ނިންމާފަ އެވެ. މިއީ މުޅި ސައިޓްގެ 84.36 އިންސައްތަ މަސައްކަތެވެ. 

މިއީ ގާތްގަނޑަކަށް 162 ފުޓުބޯޅަ ދަނޑުގެ ސަރަހައްދެވެ. އާންމުކޮށް ބައިނަލްއަގުވާމީ ދަނޑެއްގެ ބޮޑުމިނަކީ 0.714 ހެކްޓަރު ނުވަތަ 105 މީޓަރު ދިގު، 68 މީޓަރު ފުޅާ ދަނޑުތަކެވެ.

ރަސްމާލެ ހިއްކަން ބޭނުން ކުރަނީ ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ކަމަށްވާ 'ކްރިސްޓޮބަލް ކޮލޮން' އުޅަނދު ބޭނުންކޮށްގެންނެވެ. މިއީ 46,000 ކިއުބިކް މީޓަރުގެ ހޮޕާ ކެޕޭސިޓީއެއް ހުންނަ މި އުޅަނދަކީ ބޮޑެތި މަޝްރޫއުތަކަށް ހާއްސަ ފަންނީ ގޮތުން ކުރިއަރާފައިވާ އުޅަނދެކެވެ.މި މަސައްކަތް ކުރިއަށް ގެންދަނީ ބައިނަލްއަގުވާމީ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ޖެން ޑި ނަލް އިންނެވެ.

ރަސްމާލެ ސައިޓް އޭ ހިއްކުމުގެ އަމަލީ މަސައްކަތް އެމް.އޭ.ސީ.އެލް އިން ރަސްމީކޮށް ފަށާފައިވަނީ އެކެއް ޑިސެމްބަރު 2025 ގައެވެ. މި މަޝްރޫއަކީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު އެއް މަޝްރޫއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.