ރޯދަމަސް ފެށެންދެން ރޯދަ ހަދިޔާ ދެން ލިބޭނީ މިފްކޯއިން އެކަނި

"އެއްވެސް ސަބަބަކާހުރެ މިހާތަނަށް ރޯދަ ހަދިޔާ ހޯއްދަވާފައިނުވާ ފަރާތްތަކަށް ވެސް މުލަ ރޯދަ ދުވަހާ ހަމައަށް މާލޭގައި ހުންނަ މިފްކޯ މަރުކަޒުން ރޭގަނޑު 8:30 އިން 11:0 އަށް ދޫކުރުމުގެ އިންތިހާމް ވަނީ ހަމަޖެހިފައި،" މިނިސްޓަރު ވިދާޅުވި އެވެ.

މާލޭގައި މަސްދަޅު ކޭސް ދޫކުރަނީ --

ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ބަހާ މަސްދަޅު ކޭސް ދޫކުރުމުގެ މުދައްތު އިއްޔެ ހަމަވިއިރު، ނުގެންގޮސް ތިބި މީހުންނަށް މިހާރު ދޫކުރާނީ ހަމައެކަނި މިފްކޯއިން ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.

ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ކޭސް ބަހަން ފެށީ މިދިޔަ މަހުގެ 24 ވަނަ ދުވަހުން ފެށިގެންނެވެ. މުޅި ރާއްޖޭގައި މަސްދަޅު ކޭސް ދޫކުރުމުގެ މަސައްކަތް ކުރަމުންދަނީ ކައުންސިލްތައް މެދުވެރިކޮށެވެ. 

މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ދޫކުރުމުގެ މުއްދަތު އިއްޔެއަށް ވަނީ ހަމަވެފަ އެވެ. މިނިސްޓަރު ވިދާޅުވީ މުއްދަތު ހަމަވިއިރު، 53،308 ގޭބިސީއަށް މަސްދަޅު ކޭސް ދޫކޮށްފައިވާ ކަމަށެވެ.

"އެއްވެސް ސަބަބަކާހުރެ މިހާތަނަށް ރޯދަ ހަދިޔާ ހޯއްދަވާފައިނުވާ ފަރާތްތަކަށް ވެސް މުލަ ރޯދަ ދުވަހާ ހަމައަށް މާލޭގައި ހުންނަ މިފްކޯ މަރުކަޒުން ރޭގަނޑު 8:30 އިން 11:0 އަށް ދޫކުރުމުގެ އިންތިހާމް ވަނީ ހަމަޖެހިފައި،" މިނިސްޓަރު ވިދާޅުވި އެވެ.

މީގެ ކުރީގައި މާލެ ސަރަހައްދުގެ 15 މަރުކަޒަކުން އައީ މަސްދަޅު ކޭސް ދޫކުރަމުންނެވެ. 
 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.