މާފުށީގައި ރެޑީ-މިކްސް ކޮންކްރީޓް ޕްލާންޓެއް ބަހައްޓަން އެޕޯލޯއަށް

މި ބެޗިން ޕްލާންޓާއެކު ރަށުގެ ވަޒީފާދާރުންނަށް ވަޒީފާގެ ފުރުސަތު އުފެދިގެންދާނެ އެވެ. އަދި މަސައްކަތްތެރިންނަށް ތަމްރީނުދިނުމާއި ހުނަރު އިތުރުކުރުވިގެންދާނެ އެވެ.

ރާއްޖޭގެ އިމާރާތް ކުރުމުގެ މަސައްކަތްތައް އެންމެ ގަދައަށް ހިނގާ ކ، މާފުށި

މާފުށީ އުމްރާނީ ތަރައްގީ އާއި ވިޔަފާރީގެ މަސައްކަތްތައް ހަލުވި ކުރަން ކައުންސިލް ކުންފުނިން ކޮންކްރީޓް ބެޗިން ޕްލާންޓެއް ބަހައްޓަން އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ. 

މާފުށި ލޯކަލް އޮތޯރިޓީ ކުންފުނިން ވަނީ އެ ރަށުގައި ރެޑީ-މިކްސް ކޮންކްރީޓް ބެޗިން ޕްލާންޓެއް ގާއިމުކުރުމާއި ހިންގުމަށް ޝަރުތު ހަމަވާ އަދި ތަޖުރިބާ ހުރި ފަރާތްތަކަށް ޝައުގުވެރިކަން ފާޅުކުރަން ހުޅުވާލާފަ އެވެ. މި މަސައްކަތް ކުރަން ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ. 

ރެޑީ-މިކްސް ކޮންކްރީޓް ބެޗިން ޕްލާންޓް ބެހެއްޓުމުގެ މަސައްކަތް އެޕޯލޯ ހޯލްޑިންގްސްއާ ހަވާލު ކުރުމުގެ އެއްބަސްވުމުގައި މާފުށި މާފުށި ލޯކަލް އޮތޯރިޓީ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ސަލްމާން ރަޝީދު އަދި އެޕޯލޯ ހޯލްޑިންސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އެވެ. 

މި ހިދުމަތް ގާއިމްކުރާ ސަބަބު

  • ރަށުގެ ވަޒީފާދާރުންނަށް ވަޒީފާގެ ފުރުސަތު އުފެއްދުން
  • މަސައްކަތްތެރިންނަށް ތަމްރީނުދިނުމާއި ހުނަރު އިތުރުކުރުން
  • ދެމެހެއްޓެނިވި އަދި ޒިންމާދާރު މަސައްކަތްތަކުގެ ތެރެއިން ލޯކަލް އިޤްތިސާދަށް އެހީތެރިވުން

މާފުށީގައި 2000 އަށްވުރެ ގިނަ ޓޫރިސްޓު އެނދު ހުރިއިރު މި ރަށަކީ އިމާރާތް ކުރުމުގެ އެންމެ ގިނަ މަސައްކަތްތައް ކުރިއަށް ގެންދާ އެއް ރަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.