ފެނަކައިގެ އިންޖީނިއަރު އަހުމަދު ރަފީގު ޕީއެސްއެމްއަށް ވިދާޅުވީ، ފުވައްމުލަކު ކެޕޭސިޓީ މި ވަގުތު ހަ މެގަވޮޓުގައި ހުރި އިރު، ރޯދަމަހު، އެ އަދަދު 6.5 މެގަވޮޓަށް އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ފުވައްމުލަކު ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމަށް، މި ފެށޭ ރޯދަ މަހުގެ ކުރިން އާ އިންޖީނެއް ބެހެއްޓުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ފަށައިފި އެވެ.
ގާތްގަނޑަކަށް 4،000 ގޭބީސީގައި، 13،000 މީހުން ދިރިއުޅޭއިރު، ރޯދަ މަސް ފެށުމާ އެކު ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާނެކަމަށް ފެނަކައިން ލަފާކުރެ އެވެ.
ފެނަކައިގެ އިންޖީނިއަރު އަހުމަދު ރަފީގު ޕީއެސްއެމްއަށް ވިދާޅުވީ، ފުވައްމުލަކު ކެޕޭސިޓީ މި ވަގުތު ހަ މެގަވޮޓުގައި ހުރި އިރު، ރޯދަމަހު، އެ އަދަދު 6.5 މެގަވޮޓަށް އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އިތުރުވާނެ ކެޕޭސިޓީއަށް ބަލައި، 1.2 މެގަވޮޓްގެ އިންޖީނެއް ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރަފީގު ވިދާޅުވި އެވެ.
ފެނަކައިން ފުވައްމުލަކުގައި ކަރަންޓުގެ ހިދުމަތް ދިނުމަށް މިވަގުތު 9 އިންޖީނު ބޭނުންކުރެ އެވެ.