ފަސް ވަނައިގައި އޮތް ޗައިނާ | ޓޫރިޒަމް ލިސްޓުގެ އެކަކަށް

ފެބުރުވަރީ މަހަކީ ޗައިނާގެ އާ އަހަރު ނުވަތަ "ސްޕްރިންގް ފެސްޓިވަލް" އާ ދިމާވާ ދުވަސްވަރެވެ. މިއީ ޗައިނާ މީހުން އާންމުކޮށް ޗުއްޓީ ހޭދަކުރުމަށް ގައުމުން ބޭރަށް ދަތުރުކުރާ އެންމެ ބޮޑު މުއްދަތެވެ.

ޗައިނާއިން ރާއްޖެ އައި ޓޫރިސްޓުންނަށް މަރުހަބާ ކިޔަނީ -- މޯލްޑިވިއަން

މި އަހަރު ފެށުނުއިރު ރާއްޖޭގެ ޓޫރިޒަމް ލިސްޓުގެ ފަސް ވަނާގައި އޮތް ޗައިނާ، ޓޫރިޒަމްގެ އެއްވަނަ އަށް ޖެހިލައިިފި އެވެ. 

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުންމި އަހަރުގެ މިހާތަނަށް ޗައިނާ އިން 41,092 ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ. މިއީ މި އަހަރު ފެށުނުއިރު އެ ގައުމުން އައި ޓޫރިސްޓުންނާ އަޅާބަލާއިރު ބޮޑުތަނުން އިތުރުވުމެކެވެ. 

ޗައިނާ މާކެޓު ފުޅާވާ ސަބަބުތައް - ފެބުރުވަރީ މަހަކީ ޗައިނާގެ އާ އަހަރު ނުވަތަ "ސްޕްރިންގް ފެސްޓިވަލް" އާ ދިމާވާ ދުވަސްވަރެވެ. މިއީ ޗައިނާ މީހުން އާންމުކޮށް ޗުއްޓީ ހޭދަކުރުމަށް ގައުމުން ބޭރަށް ދަތުރުކުރާ އެންމެ ބޮޑު މުއްދަތެވެ. 

ރާއްޖެއަކީ އެމީހުންގެ އެންމެ މަގުބޫލު އެއް މަންޒިލެވެ. އަދި ރާއްޖެއާއި ޗައިނާއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން، ޗައިނާގެ ފަތުރުވެރިންނަށް ރާއްޖެ އައުމަށް ކުރިން ވީޒާ ނަގާކަށް ނުޖެހެ އެވެ. އެހެންވެ 30 ދުވަހުގެ އޮން-އެރައިވަލް ފްރީ ވީޒާ ލިބުމަކީ ދަތުރުވެރިންނަށް ލިބޭ ވަރަށް ބޮޑު ލުޔެކެވެ. 

ޗައިނާގެ އެކި ސިޓީތަކުން ރާއްޖެއަށް ސީދާ ދަތުރުތައް ވަނީ އިތުރުވެފަ އެވެ. އަދި ޗައިނާ އީސްޓަން އާއި ބެއިޖިންގް ކެޕިޓަލް އެއާލައިންސް، އަދި ސީޗުއާން އެއާލައިންސް ފަދަ އެއާލައިންތަކުން ގަވާއިދުން ދަތުރުތައް ބާއްވަ އެވެ. މީގެ އިތުރުން ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިންވެސް ޗައިނާގެ މަންޒިލްތަކަށް ދަތުރުތައް ފެށުމަކީ ފަތުރުވެރިން އަންނަ މިންވަރު އިތުރުވި ސަބަބެކެވެ. 

އަދި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ދަނީ ޗައިނާގެ މާކެޓަށް ހާއްސަކޮށްގެން ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އަދި ޗައިނާގެ މަގުބޫލު ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ކަމަށްވާ ވީޗެޓް އާއި ވައިބޯ މެދުވެރިކޮށް ރާއްޖެ އިޝްތިހާރު ކުރެ އެވެ.ޗައިނާގެ ބޮޑެތި ސިޓީތަކުގައި ބާއްވާ ޓޫރިޒަމް ފެއާ ތަކުގައި ރާއްޖެއިން ބައިވެރިވެ އެވެ.

ޓޫރިސްޓުން އެންމެ ގިނައިން އަންނަ ފަސް ގައުމު

  •  ޗައިނާ - 41,092
  •  ރަޝިއާ - 37,067
  •  އިޓަލީ - 31,372
  •  ޔޫކޭ - 28,594
  •  ޖަރުމަނީ - 19,341

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް ވަނީ ޖުމްލަ 312,343 ފަތުރުވެރިން ޒިޔާރަތްކޮށްފަ އެވެ. މިއީ 2024 އަދި 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު އިތުރުވުމެކެވެ. ރާއްޖެއަށް މިހާރު ދުވާލަކު އެވްރެޖްކޮށް 7,618 ފަތުރުވެރިން އަންނަ އިރު، ފަތުރުވެރިން ރާއްޖޭގައި އެވްރެޖްކޮށް 7.7 ދުވަސް ހޭދަކުރެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.