ހުއިފިލަނޑާ ވަގަށް ނެގި މައްސަލައިގައި ފުލުހަކަށް ފިޔަވަޅު އަޅައިފި

ފުލުހުން މިރޭ ބުނީ އެ މައްސަލައާ ގުޅިގެން، އެ މައްސަލައިގައި ހިމެނޭ ފުލުސް އޮފިސަރު އިންވެސްޓިގޭޝަން އޮފިސަރެއްގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކޮށްފައިވާ ކަމަށެވެ.

ދިވެހި ފުލުހުންގެ އިދާރާ -- ދަ މިރާ

ގާތްގަނޑަކަށް ދެ މިލިއަން ރުފިޔާގެ ހުއިފިލަނޑާ ވަގަށް ނެގި މައްސަލައާ ގުޅިގެން ފުލުހަކަށް ފިޔަވަޅު އަޅައިފި އެވެ.

ކ. ތިލަފުށީ ގުދަނެއްގައި ބަހައްޓާފައި ހުއްޓައި ވަގަށް ނެގި ހުއިފިލަނޑާތަކެއް ހޯދުމަށްފަހު ފުލުހުން ވަނީ އެތަކެތި ނީލަން ކިޔައިފަ އެވެ. 

ފުލުހުން މިރޭ ބުނީ އެ މައްސަލައާ ގުޅިގެން، އެ މައްސަލައިގައި ހިމެނޭ ފުލުސް އޮފިސަރު އިންވެސްޓިގޭޝަން އޮފިސަރެއްގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކޮށްފައިވާ ކަމަށެވެ.

ޑިސެމްބަރު 31، 2025 ގައި ފުލުހުންނަށް ހުށަހެޅި މި މައްސަލައިގެ ޖިނާއީ ތަހުގީގު ކުރިއަށްދާއިރު، އެ އޮފިސަރާ ގުޅޭ އިދާރީ މައްސަލައެއް ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ވެސް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގައި އެ އޮފިސަރުގެ ބައިވެރިވުން އޮތީ ކިހާ މިންވަރަކަށްކަން އަދި އެއީ ކާކުކަން ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

ވަގަށް ނެގި ހިއުފިލަނޑާތައް ފުލުހުން ނީލަން ކިޔާފައިވަނީ އެތަކެތި ހަލާކުވަމުން ދާތީ، އެތަކެތީގެ ވެރިފަރާތް ކަށަވަރު ނުވާތީ އެވެ. ފުލުހުން ބުނީ މި ވިޔަފާރި ކުރި ފަރާތްތަކަކީ ހުއިފިލަނޑާ ޕްރޮސެސް ކުރުމުގެ ހުއްދަ އޮތް ފަރާތްތަކެއް ނޫން ކަމަށެވެ.

އެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު، މައްސަލަ ހުށަހެޅި ފަރާތާއި ތުހުމަތުކުރެވޭ ފަރާތާ ސުވާލުކުރުމުން، ދެ ފަރާތުންވެސް އެ ތަކެތީގެ މިލްކުވެރިކަމާ މެދު ދައުވާކޮށްފައިވާ ކަމަށެވެ.

ފުލުހުންގެ ހާމަކޮށްފައިވާ ގޮތުގައި، އެ ތަކެތި ތިލަފުށިން މާލެ ގެނެސް ހުރީ މާލޭގެ ދެ ގެއެއްގައި ރައްކާކޮށްފަ އެވެ. ކޯޓު އަމުރެއްގެ ދަށުން އެ ދެ ގެ ބަލައި ފާސްކުރުމަށްފަހު، އެ ހުއިފިލަނޑާތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، އެތަކެތީގެ ބަރުދަނުގައި ޖުމްލަ 1,438 ކިލޯ ހުއްޓެވެ. އޭގެ ތެރޭގައި ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރުން މަނާ 787.35 ކިލޯގެ ހުއިފިލަނޑާ ހިމެނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.