ދަރިންނަށް ދެ އަހަރު ވަންދެން، ސަރުކާރު މުވައްޒަފުންނަށް ދޭ ހުސްވަގުތު އިތުރުކުރަން ބިލެއް

މިހާރު ގާނޫނުގައި އޮންނަނީ، ސަރުކާރު މުވައްޒަފުންގެ ދަރިންނަށް އެއް އަހަރުން ވަންދެން ދުވާލަކު ދެ ފަހަރަށް ބައިގަޑިއިރުގެ ހުސް ވަގުތު ލިބޭނެ ކަމަށެވެ.

މަޖިލީހުގެ ޖަލްސާއެއްގައި މެންބަރުން ބައިވެރިވެވަޑައި ގަންނަވަނީ. --ފޮޓޯ: މަޖިލީހުގެ އިދާރާ

ސަރުކާރު މުވައްޒަފުންގެ ދަރިންނަށް ދެ އަހަރު ވަންދެން, މުސާރައިން ނުކެނޑޭ ގޮތަށް ހުސް ވަގުތު ދޭންޖެހޭ މުއްދަތު އިތުރުކުރަން ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް އެ އިސްލާހު ހުށަހެޅުއްވާފައި ވަނީ މަޑަވެލި ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝަމީޒެވެ.

މިހާރު ގާނޫނުގައި އޮންނަނީ، ސަރުކާރު މުވައްޒަފުންގެ ދަރިންނަށް އެއް އަހަރުން ވަންދެން ދުވާލަކު ދެ ފަހަރަށް ބައިގަޑިއިރުގެ ހުސް ވަގުތު ލިބޭނެ ކަމަށެވެ. 

މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލުގައި އޮތީ މެޓާނިޓީ ލީވްއަށް ފަހުގައި ދަރިންނަށް ދެ އަހަރު ވަންދެން ދުވާލަކު ދެ ފަހަރަށް ބައިގަޑިއިރުގެ ހުސް ވަގުތު މުވައްޒަފުންނަށް ލިބޭނެ ކަމަށެވެ. އެ ގޮތަށް ބަދަލުކުރަނީ، ކުއްޖާގެ ކަންކަން ކޮށްދިނުމަށް ދޭ ވަގުތުކޮޅެއް ކަމަށް ބިލުގައި ވަނީ ބަޔާންކޮށްފައިވެ އެވެ. އަދި މުވައްޒަފުންގެ މުސާރައިން ވެސް ނުކަނޑާނެ އެވެ.

ގާނޫނުގެ ދަށުން ވިހެއުމަށްފަހު ސަރުކާރު ކޮންމެ އަންހެން މުވައްޒަފަކަށް ހަ މަސް ދުވަހުގެ ޗުއްޓީއެއް ލިބެ އެވެ. އަދި ބަފައިންނަށް އެއް މަސް ދުވަހުގެ ޗުއްޓީއެއް ލިބެ އެވެ.

މި ގާނޫނަށް ހުށަހެޅި އެހެން އިސްލާހުތަކުގެ ތެރޭގައި، ވަޒީފާއިން ވަކިކުރުމުގެ ކުރިން ދޭންޖެހޭ ނޯޓިސްގެ މުއްދަތަށް ވެސް ބަދަލެއް ގެނައުމަށް ހުށަހަޅާފައިވެ އެވެ.

ގާނޫނުގައި މިހާރު އޮތީ، ވަޒީފާއިން ވަކިކުރުގެ ކުރިން ދެ ހަފުތާގެ ނޯޓިހެއް ދޭންޖެހެނީ ހަ މަހާއި އެއް އަހަރާ ދެމެދުގެ މުއްދަތަކަށް އުޅުނު މުވައްޒަފުންނަށް ކަމަށެވެ. ނަމަވެސް އެއް އަހަރުނުވާ ކޮންމެ މުވައްޒަފަކަށް ވެސް މަދުވެގެން ދެ ހަފުތާގެ ނޯޓިހެއް ދޭން ޖެހޭނެ ކަމަށް ބިލުގައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.