މި މަސައްކަތް ކުރީ މިބާވަތުގެ މަސައްކަތް ކުރުމުގައި ދުނިޔޭގައި އެންމެ މަޝްހޫރު އެއް ކުންފުނި ކަމަށްވާ ޗައިނާގެ ބީޔޫސީޖީ ކުންފުނީގެ އެހީތެރިކަމާއެކުގަ އެވެ.

ބޮޑުތަކުރުފާނުމަގު ރަނގަޅު ފެންވަރުގައި ތަރައްގީ ކުރަން ކުރާ މަސައްކަތުގެ ދަަށުން މާރުކޭޓު ސަރަހައްދުގައި ތާރުއަޅަން ރޭ ފެށި މަސައްކަތް ނިންމާލައިފި އެވެ.
ސަރުކާރުގެ މައި ކުންފުނި އެމްޓީސީސީ އިން 24 ގަޑިއިރު ހުއްޓުމެއް ނެތި ކުރަމުން ގެންދާ މި މަސައްކަތުގެ އެންމެ ފަހު މަރުހަލާ ކަމަށްވާ ތާރުއެޅުމުގެ މަސައްކަތް ފަށާފައިވަނީ ރޭގެ ވަގުތެއްގަ އެވެ. މި މަސައްކަތް ކުރީ މިބާވަތުގެ މަސައްކަތް ކުރުމުގައި ދުނިޔޭގައި އެންމެ މަޝްހޫރު އެއް ކުންފުނި ކަމަށްވާ ޗައިނާގެ ބީޔޫސީޖީ ކުންފުނީގެ އެހީތެރިކަމާއެކުގަ އެވެ. އެ ކުންފުނިން ވަނީ ހެވީ މެޝިނަރީ އާއި އެންމެ ޒަމާނީ އާލާތްތަކުގެ އެހީގައި މަގުގައި ތާރު އެޅުން އެއްކޮށް ނިންމާލާފަ އެވެ.
ބޮޑުތަކުރުފާނުމަގު އެއް ނަމްބަރު ފާލަމުން ފެށިގެން ތަރައްގީ ކުރަން އެމްޓީސީސީން ކުރިއަށް ގެންދާ މަޝްރޫއުގެ ދަަށުން މިހާތަނަށް ވަނީ އެއް ނަމްބަރު ފާލަމުން ފެށިގެން އެމްއޭމްއޭ ހަމައަށް މަސައްކަތް ކޮށްފަ އެވެ. މި މަސައްކަތް ނިމުމާއެކު އެ މަގު ބޭނުންކުރާ އާއްމުންނަށް ބޮޑު ފަސޭހައެއް ވަނީ ލިބިގެން ގޮސްފަ އެވެ. އަދި އޭގެފަހުން އެމްޓީީސީސީއިން ކުރަން ފަށާފައިވަނީ އެމްއެމްއޭއިން ފެށިގެން މާރުކޭޓު ކުރިމައްޗަށްވާ ސަރަހައްދުގެގައި ތާރުއަޅައި މަގު ފުޅާ ކުރުމުގެ މަސައްކަތެވެ.
ބޭރު މަގު ހެދުމުގެ މަޝްރޫއުއަށް ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ހަރަދު ކުރެ އެވެ. މިއީ 455 ދުވަސް ތެރޭ ނިންމަންޖެހޭ މަޝްރޫއުއެކެވެ. އެމްޓީސީސީ އިން ވަނީ މި މަސައްކަތް މިމަހުގެ 13 އަށް ނިންމަން ކަނޑައަޅާފަ އެވެ.