މިފްކޯއާ ދިމާލަށް ކަންނެލި މަސްވެރިން | ދޫކުރި ފައިސާ 237,880 އަށް

މިފްކޯގެ ކަނޑުއޮތް ގިރިއަށް "އަންޑަ ސައިޒް" ކަންނެލި 15-18 ކިލޯއާ ދެމެދުގެ ބަރުދަން ހުންނަ ކަންނެލި ނަމަ ކިލޯއަކަށް 25ރ. ގެ ރޭޓުން ގަންނަމުންނެވެ. 10 ކިލޯ ހަމަވާ ކަންނެލި، ކިލޯއަކަށް 20ރ. މިފްކޯއިން ދެ އެވެ.

މިފްކޯގެ ކަނޑުއޮތްގިރިއަށް ކަންނެލި ކިރުވަނީ -- މިފްކޯ

ސަރުކާރުގެ މަސް ކުންފުނި މިފްކޯއަށް ކަންނެލި ކިރުވާ އޮޑިފަހަރު އިތުރުވެ ދޫކުރި ފައިސާގެ އަދަދު 237,880 އަށް އަރައިފި އެވެ. 

މިފްކޯގެ މަސްވެރިކަމުގެ ހިސާބުތައް ދައްކާ ގޮތުން މިމަހުގެ އަށް ވަނަ ދުވަހާ ހަމަށް މިފްކޯއަށް 15 ކިލޯއިން މަތީގެ ކަންނެލި ގެނެސް 11 ދޯންޏަކުން ވަނީ ކިރުވާފަ އެވެ. މި އޮޑިފަހަރަށް 158،800 ރުފިޔާ ވަނީ ދޫކޮށްފަ އެވެ. އަދި 13 އޮޑިއަކަށް ވަނީ މި މުއްދަތުގައި 10 ކިލޯއިން މަތީގެ ކަންނެލި ކިރުވައިގެން 79080ރ. ދޫކޮށްފަ އެވެ. 

ސަރުކާރުން ވަނީ މިފްކޯގެ ކަނޑުއޮތް ގިރިއަށް "އަންޑަ ސައިޒް" ކަންނެލި  15-18 ކިލޯއާ ދެމެދުގެ ބަރުދަން ހުންނަ ކަންނެލި ނަމަ ކިލޯއަކަށް 25ރ. ގެ ރޭޓުން ގަންނަމުންނެވެ. 10 ކިލޯ ހަމަވާ ކަންނެލި، ކިލޯއަކަށް 20ރ. މިފްކޯއިން ދެ އެވެ. އަދި ކަންނެލި މަސްވެރިންނަށްވެސް 48 ގަޑިއިރު ތެރޭ ދަނީ ފައިސާ ދޫކުރަމުންނެވެ. 

ކަންނެލި މަސްވެރިންގެ އިތުރުން ކަޅުބިލަ މަހުގެ މަސްވެރިކަން ކުރާ އޮޑިފަހަަށް މި މުއްދަތުގައި ވަނީ 847،500ރ. ދޫކޮށްފަ އެވެ. މިއީ 17 ދޯނިން ކިރުވި މަހަށެވެ. 

މިފްކޯއިން މި އަހަރުގެ މިހާތަނަށް ވަނީ 20 ދޯންޏެއް މަސް ކިރުވައިގެން އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.