އެލައިޑް އިންޝުއަރެންސް އިން ބުނީ މެރިން އިންޑަސްޓްރީއަށް ޙާއްސަކޮށް، މެރިން ހަލް ޕްރޮމޯޝަނަކާއި މިދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް ބޭނުންވާ މުހިންމު މަޢުލޫމާތުތަކެއް ވަނީ ހިއްސާކުރެވިފަ އެވެ.

ނިމިދިޔަ މޯލްޑިވްސް މެރިން އެކްސްޕޯ 2026 ގެ އޮފިޝަލް އިންޝުއަރަންސް ޕާޓްނަރެއްގެ ގޮތުން އެލައިޑް އިންޝުއަރަންސްއިން ބައިވެރިވެ ވެއްޖެ އެވެ.
އެލައިޑް އިންޝުއަރެންސް އިން ބުނީ މެރިން އިންޑަސްޓްރީއަށް ޙާއްސަކޮށް، މެރިން ހަލް ޕްރޮމޯޝަނަކާއި މިދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް ބޭނުންވާ މުހިންމު މަޢުލޫމާތުތަކެއް ވަނީ ހިއްސާކުރެވިފަ އެވެ.
ރާއްޖޭގެ ބާޒާރަށް 2014 ވަނަ އަހަރުން ފެށިގެން އެލައިޑުން އަންނަނީ މެރިން އެކްސްޕޯގައި ބައިވެރިވަމުންނެވެ. އެލައިޑުން ދެކޭގޮތުގައި މި އެކްސްޕޯގައި ބައިވެރިވުމުގެ މައިގަނޑު މަޤްޞަދަކީ ޑައިވް ސްކޫލްތަކާއި، ވޯޓާ ސްޕޯޓްސް ސެންޓަރުތަކާއި، އުޅަނދުފަހަރު ބަންނަ ފަރާތްތަކުގެ އިތުރުން މި ދާއިރާގެ އެކި ވިޔަފާރިތަކަށް ބޭނުންވާ އިންޝުއަރަންސް ޕްރޮޑަކްޓްތަކުގެ މަޢުލޫމާތު އެބޭފުޅުންނަށް ހިއްސާކޮށް، މިކަމުގެ މުހިންމުކަށް މި ފަރާތްތަކައް އަންގައިދިނުމެވެ. އަދި މީގެ އިތުރުން އެލައިޑްގެ އިސްލާމިކް ވިންޑޯ، އެލައިޑް ތަކާފުލް ޕްލޭންތަކުގެ މަޢުލޫމާތުވެސް މިއެކްސްޕޯގައި އެލައިޑުން ވަނީ ފޯރުކޮށްދީފައެވެ.
މެރިން އެކްސްޕޯއާ ދިމާކޮށް އެލައިޑުން ވަނީ މެރިން ހަލް އިންޝުއަރަންސް ނުވަތަ މެރިން ހަލް ތަކާފުލް އަލަށް ނަގާ ފަރާތްތަކަށް އަމާޒުކޮށްގެންޚާއްޞަ ޕްރޮމޯޝަނެއްވެސް ހިންގާފައެވެ. ޕްރޮމޯޝަނުގެ ދަށުން ގުރުއަތުން ހޮވުނު ތިން ފަރާތަކަށް، 8,000 ރުފިޔާގެ ޑިސްކައުންޓް ވައުޗަރ ވަނީ ހަވާލުކުރެވިފައެވެ. މެރިން އެކްސްޕޯއާއި ކުރިއަށްދިޔަ މި ޕްރޮމޯޝަނުގެ ނަސީބުވެރިން ހޮވާފައިވަނީ، އެކްސްޕޯ ނިންމުމަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުނު ރަސްމިއްޔާތުގައެވެ.
މި ޕްރޮމޯޝަންގެ އިތުރުންވެސް އެލައިޑުގެ ސްޓޯލަށް ޒިޔާރަތް ކޮށް، ސްޓޯލުގައި ކުރިއަށްގެންދެވުނު އިތުރު ހަރަކާތްތަކުގައި ބައިވެރިވި ފަރާތްތަކަށް އެލައިޑުން ވަނީ ހާއްސަ ހަދިޔާތަކެއްވެސް ދީފަ އެވެ. މިފަދަ އެކްސްޕޯތަކުގައި އެލައިޑުން ބައިވެރިވުމަކީ، ކަސްޓަމަރުންނަށް ލުއިފަސޭހަކަމާއެކު އިންޝުއަރަންސްގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މި ކުންފުނިން ދެމުންގެންދާ އަހައްމިއްޔަތު ހާމަވެގެންދާ ކަމެކެވެ.