ޓޫރިޒަމް މިނިސްޓްރީން ބިޑަށް ހުޅުވާލި ރަށްތަކުގެ ތެރޭގައި ހއ، ހދ، އަދި ށ. އަތޮޅުގެ ރަށްތަކާއި ބައެއް ފަޅުތަކެވެ. މިގޮތުން ހއ. އަދި ހދ. އިން 11 ރަށެއް އަދި ފަޅު ހިމެނެ އެވެ.

ޓޫރިޒަމް އެންމެ މަދު ނަމަވެސް ބޮޑެތި އިންވެސްޓްމަންޓްތަކެއް ހުރި، އިހަވަންދިއްޕޮޅާއި ށ. ހިމެނޭހެން 1400 ޓޫރިސްޓު އެނދު ނެރެން ރަށްތަކެއް ހުޅުވާލައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބިޑަށް ހުޅުވާލި ރަށްތަކުގައި ހިމެނެނީ ހއ، ހދ، އަދި ށ. އަތޮޅުގެ ރަށްތަކާއި ބައެއް ފަޅުތަކެވެ. މިގޮތުން ހއ. އަދި ހދ. އިން 11 ރަށެއް އަދި ފަޅު ހިމެނޭހެން ބިޑަށް ލާފައިވާއިރު ށ. އަތޮޅުން ތިން ތަނެއް ވަނީ ބިޑަށް ހުޅުވާލާފަ އެވެ. ކޮންމެ ރަށެއްވެސް ތަރައްގީ ކުރާ ފަރާތްތަކުން އެންމެ މަދުވެގެން 150 އެނދު ތަރައްގީ ކުރަން ޖެހެ އެވެ.
މި ފަޅުތަކުގެ ތެރޭން އެންމެ ބޮޑު އަގެއް ޖަހާފައިވަނީ ހއ. މާދުނީ ފަރު އަދި ށ. ގޮނާ ފަރު ގެ ޕްލޮޓްތަކެވެ. އެއީ ކޮންމެ ޕްލޮޓަކަށް 2.1 މިލިއަން ޑޮލަރުގެ އަގެއް ލިބޭނެ އެވެ. މި ފަޅުތައް ކުއްޔަށް ދޫކުރަނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމާބެހޭ ޤާނޫނުގެ ދަށުން 50 (ފަންސާސް) އަހަރަށެވެ. އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން 36 މަސްދުވަސް (3 އަހަރު) ން ރިސޯޓު ހަދާ ނިންމަން ޖެހެ އެވެ.
މި ރަށްތަށް ބިޑް ކާމިޔާބު ކުރުމުގައި ތިމާވެއްޓާ ރައްޓެހި (ލޯ ކާބަން) ތަރައްޤީއަށް ވަރަށް ބޮޑު އިސްކަމެއް ދޭނެ އެވެ.އަދި
ބިޑް ހުށަހަޅާއިރު 40,000 ޑޮލަރުގެ ބޭންކް ގެރެންޓީއެއް ހުށަހަޅަންޖެހެ އެވެ. މީގެ މުއްދަތަކީ ބިޑް ހުޅުވާ ދުވަހުން ފެށިގެން 150 ދުވަހެވެ. އެންމެ ބޮޑު އަގު ހުށަހަޅާ ފަރާތަށް 60 ޕޮއިންޓް އެވެ. އެންމެ މަތީ ޕޮއިންޓެއް ލިބެނީ އެކުއިޒިޝަން ކޮސްޓަށް އެލްއޭސީ އެންމެ ބޮޑު އަގު ހުށަހަޅާ ފަރާތަކަށެވެ. އަދި ތިމާވެއްޓާ ރައްޓެހި ތަރައްޤީ (20 ޕޮއިންޓް) ލިބޭނެ އެވެ. އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރަށް ބަލައި 15 ޕޮއިންޓް ލިބޭނެ އެެވެ. މިސާލަކަށް 80% އަށްވުރެ ގިނައިން އިއާދަކުރަނިވި ހަކަތަ ބޭނުންކުރާނަމަ 15 ޕޮއިންޓް ލިބޭނެ އެވެ. އަދި ސީއެސްއާރު އެކްޓިވިޓީތަކަށް 20 ޕޮއިންޓް ލިބޭނެ އެވެ. ރިސޯޓު ހިންގަން ފެށުމަށްފަހު ބިޑުގައި ހުށަހެޅި ގޮތަށް "ލޯ ކާބަން" މިންގަނޑުތަކަށް އަމަލުނުކޮށްފިނަމަ 500,000 ޑޮލަރާ ހަމައަށް ޖޫރިމަނާ ކުރެވޭނެ އެވެ.