އައިއެޗްޓީއޯއިން ލަންޑަންގައި އޮތް މުސްލިމް ޓްރެވަލް ޝޯގައި ބައިވެރިވެއްޖެ

މި މައުރަޒުގައި ރާއްޖޭގެ ބައިވެރިވުން ކުރިއަށްގެންގޮސްފައިވަނީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) ގެ ބެލުމުގެ ދަށުން، ރާއްޖެ ތަމްސީލުކުރާ ރަސްމީ ސްޓޭންޑެއްގަ އެވެ.

މަޓާޓޯގެ ސީއީއޯ މުޙައްމަދު ބައްސާމް އާދަމް މި ފެއާގައި ވާހަކަ ދައްކަވަނީ

އިނގިރޭސިވިލާތުގެ ލަންޑަންގައި އޮތް "މުސްލިމް ޓްރެވަލް ޝޯ 2026" ގައި ބައިވެރިވެ، ރާއްޖޭއިން ބޮޑު ކާމިޔާބީއެއް ހޯދާފައިވާކަން އިންޓަނޭޝަނަލް ހަލާލް ޓޫރިޒަމް އޯގަނައިޒޭޝަން (އައިއެޗްޓީއޯ) އިން ބުނެފި އެވެ. 

މި ފެއާ ކުރިއަށް ދިޔައީ ލަންޑަންގެ މަޝްހޫރު އެކްސެލް ހޯލުގ އެވެ. މި މައުރަޒަކީ ހަލާލް ފަތުރުވެރިކަމުގެ ދާއިރާގައި ދުނިޔޭގެ އެންމެ ބޮޑު އެއް ހަރަކާތެވެ.

މި މައުރަޒުގައި ރާއްޖޭގެ ބައިވެރިވުން ކުރިއަށްގެންގޮސްފައިވަނީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) ގެ ބެލުމުގެ ދަށުން، ރާއްޖެ ތަމްސީލުކުރާ ރަސްމީ ސްޓޭންޑެއްގަ އެވެ. މިއީ ބައިނަލްއަޤްވާމީ ހަލާލް ޓޫރިޒަމްގެ ދާއިރާގައި ރާއްޖޭގެ މަޤާމު ވަރުގަދަކުރުމަށް ކުރެވޭ މުހިންމު އިސްތިރާޖީ މަސައްކަތެކެވެ. 

ރާއްޖޭގެ މި ބައިވެރިވުމަށް ފަތުރުވެރިކަމުގެ ދާއިރާގެ މުހިންމު ޖަމްޢިއްޔާތަކުން ވަނީ ފުރިހަމަ ތާއީދާއި އެއްބާރުލުން ދީފައެވެ. އޭގެ ތެރޭގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާސް (މަޓާޓޯ) ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) އަދި ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) ހިމެނެ އެވެ. 

ރާއްޖޭން ވަނީ މި ފެއާގައި ބައިވެރިވެ އިސްލާމީ އުސޫލުތަކަށް އިސްކަންދޭ ފަތުރުވެރިންނަށާއި ދާއިރާގެ މާހިރުންނަށް ރާއްޖެއަކީ "ޕްރިމިއަމް" މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކޮށްފަ އެވެ. ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން އިސްނަގައިގެން، ރާއްޖޭގެ ރިސޯޓްތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ސަފާރީތަކުގައި ހުރި ހަލާލް ފްރެންޑްލީ ހިދުމަތްތައް ދައްކާލާފައިވެ އެވެ.

އެ ކުންފުނިން ބުނީ މި ފެއާގެ ސަބަބުން ބައިނަލްއަޤްވާމީ ޓްރެވަލް އޭޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންނާއެކު މުހިންމު މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ. 

މި ފެއާގައި މަޓާޓޯގެ ސީއީއޯ މުހައްމަދު ބައްސާމް އާދަމް ވާހަކަފުޅުގައި، ރާއްޖޭގައި ހަލާލް ޓޫރިޒަމް ކުރިއެރުވުމަށް އޮތް ހަގީގީ ފުރުސަތުތަކަށް ބައްލަވާލައްވައި، ދެމެހެއްޓެނިވި ފަތުރުވެރިކަން ތަރައްޤީކުރުމާއި، ޝަރީއާ ހުއްދަކުރާ އިންވެސްޓްމަންޓް މޮޑެލްތަކުގެ އިތުރުން، މުސްލިމް ފަތުރުވެރިންގެ ބޭނުންތަކާ އެއްގޮތްވާ ފެންވަރުމަތީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ. މި ތަގުރީރުގެ ސަބަބުން، ދުނިޔޭގެ ހަލާލް ފަތުރުވެރިކަމުގެ އިޤްތިޞާދުގައި ރާއްޖޭގެ ދައުރު ފުޅާކޮށް، ފަތުރުވެރިކަމުގެ ބާވަތްތައް އިތުރުކުރުމުގެ ޤާބިލުކަން ރާއްޖެއަށް ލިބިފައިވާކަން ހާމަވެގެންދިޔައެވެ.

މުސްލިމް ޓްރެވަލް ޝޯ އަކީ ޔޫރަޕްގައި ބޭއްވޭ މުސްލިމް-ފްރެންޑްލީ ފަތުރުވެރިކަމުގެ އެންމެ ފާހަގަކޮށްލެވޭ އެއް މައުރަޒެވެ. މިއީ ދުނިޔޭގައި އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ފަތުރުވެރިކަމުގެ މި ބަޔަށް އަމާޒުކޮށް، އެކި މަންޒިލްތަކާއި ފަތުރުވެރިކަމުގެ ބްރޭންޑްތައް ގުޅުވައިދޭ މަތީ ފަންތީގެ މަންސައެކެވެ. ދުނިޔޭގެ ބާޒާރުގައި 225 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު އަގުލަބިއްޔަތެއް އޮތް މި ދާއިރާގައި، 20،000 އަށްވުރެ ގިނަ ޒިޔާރަތްތެރިންނާއި 200 އަށްވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވި މި ހަރަކާތަކީ ދިވެހިރާއްޖެއަށް ލިބުނު ފާހަގަކޮށްލެވޭ ފުރުސަތެކެވެ. މީގެ ސަބަބުން އިނގިރޭސިވިލާތް، ސައުދީ އަރަބިއްޔާ، ޔޫ.އޭ.އީ، މެލޭޝިއާ އަދި ވިލާތުގެ މުސްލިމް ފަތުރުވެރިންގެ އުފެދެމުން އަންނަ މާކެޓުތަކާއެކު އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރުމަށް މަގުފަހިވެގެންދިޔައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.