ނުރައްކާތެރި މިންވަރަށް މިއަދާއި ކުރިއަށް އޮތް ހަތަރު ދުވަހުވެސް ވައި ނުސާފު

"ކުރިއަށް އޮތް ހަތަރު ދުވަހުވެސް އިރުއުތުރުން އަންނަ ވަޔާއެކު، ދުންފުހުގެ އަސަރު ރާއްޖެ މަތީގައި ހުންނާނެ ކަމަށް ބެލެވޭ،" މެޓުން ބުންޏެވެ.

މާލޭގެ ވައި ނުސާފުވެފައި: މިދުވަސްވަރަކީ ވައި ނުސާފު ދުވަސްވަރެއް

ނުރައްކާތެރި މިންވަރަށް މިއަދު ރާއްޖޭގެ އެކި ހިސާބުތަކަށް ވައިނުސާފުވެފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފި އެވެ.

މެޓް އޮފީހުން މިއަދު ބުނީ ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ހިސާބުތަކަށް ދުންފުހުގެ އަސަރު ނުވަތަ ވައި ނުސާވެފައިވާ ކަމަށެވެ. އެގޮތުން މޫސުމާ ބެހޭ ރިޕޯޓުތަކުގައި  ދުރު ފެންނަ މިންވަރު ތިން ކިލޯމީޓަރަށްވުރެ ދަށްވެފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.

"ކުރިއަށް އޮތް ހަތަރު ދުވަހުވެސް އިރުއުތުރުން އަންނަ ވަޔާއެކު، ދުންފުހުގެ އަސަރު ރާއްޖެ މަތީގައި ހުންނާނެ ކަމަށް ބެލެވޭ،" މެޓުން ބުންޏެވެ.

އެހެންކަމުން ބޭރުގައި އެކި ހަރަކާތްތަކުގައި އުޅޭ ފަރާތްތަކާއި ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުންވެސް އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެންމެ ބޮޑަށް މީގެ އަސަރު ހުރީ މާލެ އަތޮޅާ ދިމާ މަތީގަ އެވެ. އެގޮތުން ވިލިމާލޭގައި އެއާ ކޮލިޓީ އިންޑެކްސް ހުރީ 163 ގައެވެ. މާލޭގައި ހުރީ 119 ގައެވެ.

އެއާ ކޮލިޓީ އިންޑެކްސް 151-200 އަށް ހުރެއްޖެނަމަ ރެޑް އެލާޓް ނެރޭނެ އެވެ. މިވަގުތު ވިލިމާލެއަށް ހުރީ ރެޑް އެލާޓް ނެރެފަ އެވެ. މިއީ ސިއްހަތަށް ވަރަށް ބޮޑަށް ގެއްލުން ކުރާ މިންވަރެކެވެ. އެގޮތުން ފުއްޕާމެއާއި ހިތުގެ ބަލިތަކުގެ ނުރައްކާ އޮވެ އެވެ.

އެ އިންޑެކްސް 101-150 އާ ހަމައަށް ހުރެއްޖެނަމަ ނެރެނީ އޮރެންޖު އެލާޓެކެވެ. މި އެލާޓް މާލެއަށް ނެރެފައިވާއިރު ހދ. ކުޅުދުއްފުއްޓަށްވެސް ވަނީ ނެރެފަ އެވެ. އެ ސިޓީގައި ހުރީ 112 ގައެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ނެރެފައިވާ އިރުޝާދުތަކުގައި، ވައި ނުސާފުވާ ވަގުތުތަކުގައި ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލި، އެލާޖީ މައްސަލަތައް ހުންނަ މީހުން ގެއިން ބޭރުގައި ގިނަ ވަގުތު ހޭދަ ނުކުރުމަށާއި، ބޭރަށް ނުކުންނަން ޖެހޭ ހާލަތްތަކުގެ ރައްކާތެރި މާސްކު އެޅުން ހިމެނެ އެވެ.

އަދި، ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުންނާއި މާބަނޑު މީހުން ބޭރުގައި ގިނަ ވަގުތު ހޭދަނުކުރުމަށާއި ތުއްތު ކުދިން ވައި ނުސާފު ވަގުތުތަކުގައި ބޭރަށް ނުނެރުމަށް އެޗްޕީއޭގެ އިރުޝާދުގައިވެ އެވެ.

އަދި އެފަދަ ވަގުތުތަކުގައި ގޭގެ ދޮރުތައް ލައްޕައި، ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ކަންކަން މަޑުޖައްސާލުން މުހިންމެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.