ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ހަތަރު މީހަކަށް އަނިޔާ

އެމީހުންގެ ތެރެއިން ދެ މީހަކަށް ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފަ އެވެ. އަނެއް 2 މީހުންގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.

ރޭ ހިނގި އެކްސިޑެންޓް -- ފޮޓޯ: އެމްވީކްރައިސިސް

މާލެއިން ހުޅުމާލެއަށްދާ ބްރިޖް ހައިވޭގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން މިއަދު ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ ރޭ 12:45 ހާއިރު، މާލެއިން ހުޅުމާލެއަށް ދަތުރުކުރަމުން ދިޔަ ކާރު ލޭންގައި މަޑުކޮށްގެން އޮތް ކާރެއްގައި ފަހަތުން އައި އެހެން ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ޖެހިގެން ކަމަށެވެ.

އެ ކާރު، މަޑުކޮށްގެން އޮތް ކާރުގައި ޖެހި، ކޮންޓްރޯލް ނުވެގެން ގޮސް ސައިކަލު ލޭނަށް އަރައި، އެވަގުތު ދަތުރުކުރަމުން ދިޔަ އިތުރު ހަތަރު ސައިކަލެއްގައި ޖެހި އެކްސިޑެންޓްވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ހަތަރު ފިރިހެނުންނަށް ކަމަށެވެ. އެމީހުންގެ ތެރެއިން ދެ މީހަކަށް ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފަ އެވެ. އަނެއް 2 މީހުންގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.

ފުލުހުން ބުނެފައި ވަނީ މި އެކްސިޑެންޓްގައި ހިމެނޭ އުޅަނދުތަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.