ފެބްރުއަރީ ފުރަތަމަ ހަފުތާ | 60،000 އަށްވުރެ ގިނަ ޓޫރިސްޓުން

މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ ޖުމްލަ އަދަދު ވަނީ 285,127 އަށް އަރާފަ އެވެ. މިއީ މިދިޔަ އަހަރު އައިސްފައިވާ 243,918 ޓޫރިސްޓުންނާ އަޅާބަލާއިރު 5.3 ޕަސެންޓުގެ އިތުރުވުމެކެވެ.

ރާއްޖެއަށް އައި ޓޫރިސްޓުންތަކެއް ވީއައިއޭގައި : މި އަހަރު އަންނަ ޓޫރިސްޓުންގެ އަދަދު އިތުރު -- އެމްއޭސީއެލް

މި އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފުތާގައި ރާއްޖެއަށް 60،000 އަށްވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފި އެވެ. 

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިމަހުގެ ފުރަަތަމަ ހަފުތާގައި ރާއްޖެއަށް 60,339 ޓޫރިސްޓުން ވަނީ އައިސްފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައިސްފައިވާ 55,843 ޓޫރިސްޓުންނާ އަޅާބަލާއިރު 8.1 ޕަސެންޓުގެ އިތުރުވުމެކެވެ. 

މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ ޖުމްލަ އަދަދު ވަނީ 285,127 އަށް އަރާފަ އެވެ. މިއީ މިދިޔަ އަހަރު އައިސްފައިވާ 243,918 ޓޫރިސްޓުންނާ އަޅާބަލާއިރު 5.3 ޕަސެންޓުގެ އިތުރުވުމެކެވެ. 

މިމަހު އެންމެ ގިނައިން ޓޫރިސްޓުން އައި ދެ ދުވަސް

  • 1 ފެބްރުއަރީ (އާދީއްތަ): 10,253 ޓޫރިސްޓުން
  • 7 ފެބްރުއަރީ (ހޮނިހިރު): 10,056 ޓޫރިސްޓުން
  • މި މަހުގެ ދުވާލެއްގެ އެވްރެޖް 8,620 ޓޫރިސްޓުން

ޓޫރިޒަމް ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެ އަންނަ ޓޫރިސްޓުންގެ ބޮޑުބައެއް ހިއްސާކުރަނީ ރިސޯޓުތަކާއި ގެސްޓްހައުސްތަކުގަ އެވެ.

  •  ރިސޯޓުތައް: 194,023 ޓޫރިސްޓުން (68.1%)
  •  ގެސްޓްހައުސްތައް: 77,075 ޓޫރިސްޓުން (27.0%)
  •  ސަފާރީ އުޅަނދުތައް: 6,069 ޓޫރިސްޓުން (2.1%)
  •  ހޮޓާތައް: 7,703 ޓޫރިސްޓުން (2.7%)

މިދިޔަ އަހަރު ރާއްޖަށް 2.2 މިލިއަން ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ. އަދި މި އަހަރު މި އަދަދު އިތުރުވާނެ ކަމަށް ވަނީ ބެލެވިފަ އެވެ. ސަބަބަކީ މި އަހަރުގެ ފެބްރުއަރީ މަހު އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވުމެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.