މި އެވޯޑް ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 12 ވާ ބުރާސްފަތި ދުވަހުގެ ރޭ، ކްރޮސްރޯޑްސް މޯލްޑިވްސް ގައެވެ.

މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ސިނާއަތަށް ޚާއްސަކޮށްގެން ދޭ ފުރަތަމަ އެވޯޑް، "ވެލާނާ އެވޯޑްސް" ތައާރަފުކޮށްފި އެވެ.
އެ ކުންފުނިން ބުނީ މިއީ ވީއައިއޭ މެދުވެރިކޮށް ދަތުރުފަތުރުގެ ގުޅުންތައް ވަރުގަދަކުރުމަށާއި، ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެއަރޕޯޓްގެ ޕާޓްނަރުން ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކު ދޭން ނިންމާފައިވާ އެވޯޑެކެވެ.
އެމްއޭސީއެލ އިން ބުނީ މި އެވޯޑް ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 12 ވާ ބުރާސްފަތި ދުވަހުގެ ރޭ، ކްރޮސްރޯޑްސް މޯލްޑިވްސް ގައެވެ.
އެ ކުންފުނިން ބުނީ މިއަހަރުގެ އެވޯޑުގައި ތިން ދާއިރާ އިން ޖުމްލަ 22 އެވޯޑެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން "އަހަރުގެ އެއާލައިން" ހޮވައި އެ ފަރާތަށް ޚާއްސަ އެވޯޑެއް ދިނުމަށް ވެސް ވަނީ ނިންމާފަ އެވެ.