ވިޒިޓް މޯލްޑިވްސް އިން މުޅި އަހަރު ދުވަހަށް ބަހާލައިގެން ޑިޖިޓަލް ކެމްޕޭނެއް

މި ކެމްޕޭނުގެ ސަބަބުން ރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، ރާއްޖެއަކީ ހަމައެކަނި ވަކި މޫސުމަކަށް ބަރޯސާވާ މަންޒިލެއް ނޫންކަން ކަށަވަރުވެގެންދާނެ ކަމަށެވެ.

މުޅި އަހަރު ދުވަހު ރާއްޖެއަށް ފަތުރުވެރިން ގެނައުމަށް ބާރުއެޅުމުގެ ގޮތުން، ވިޒިޓް މޯލްޑިވްސްއިން "ސީސޭޝަނަލް ސަމާ" ގެ ނަމުގައި އާ ޑިޖިޓަލް ކެމްޕޭނެއް ފަށައިފި އެވެ. 

މި ކެމްޕޭން ރަސްމީކޮށް އިއުލާންކުރީ މިއަދު ބޭއްވުނު މޯލްޑިވްސް މީޑިއާ ބްރީފިން ގައެވެ. މި ހަރަކާތަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން، ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

ކެމްޕޭނުގެ މައިގަނޑު މަގުސަދު - މުޅި އަހަރުގެ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުން: ހޫނު މޫސުމުގެ ދުވަސްވަރުވެސް ރާއްޖޭގައި ތަފާތު ގިނަ ހަރަކާތްތައް ކުރިއަށްދާކަން ފަތުރުވެރިންނަށް އަންގައިދިނުމާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ހަރަކާތްތައް އެއް ޕްލެޓްފޯމަކުން ފެންނާނެ ގޮތް ހަދައި، ދަތުރުވެރިންގެ އިތުބާރު އިތުރުކުރުމުގެ އިތުރުން 
ޒަމާނީ ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ރާއްޖޭގެ ރީތިކަމާއި މެހެމާންދާރީ ދުނިޔެއަށް ދައްކާލުން ހިމެނެ އެވެ. 

ވިޒިޓް މޯލްޑިވްސް އިން ބުނީ މި ކެމްޕޭނުގެ ސަބަބުން ރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، ރާއްޖެއަކީ ހަމައެކަނި ވަކި މޫސުމަކަށް ބަރޯސާވާ މަންޒިލެއް ނޫންކަން ކަށަވަރުވެގެންދާނެ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.