ފަސް އަހަރު އެތެރޭގެ ދަރަނި އެންމެ ބޮޑުވީ 2022 ގައި

ތަފާސް ހިސާބުތައް ދައްކާ ގޮތުން 2020 އިން 2025 އަށް ބަލާއިރު، ދަރަނި ވަނީ 117% އިތުރުވެފަ އެވެ.

ރާއްޖޭގެ ވިޔަފާރި ބޭންކްތައް : އެތެރޭގެ ދަރަނި ކޮންޓްރޯލް ކުރަނީ މި ބޭންކްތަކުން

މިދިޔަ ފަސް އަހަރަށް ބަލާއިރު ދައުލަތުން އެތެރޭގެ ދަަރަނި ނަގައި އެންމެ ބޮޑަށް އިތުރުކޮށްފައިވަނީ 2022 ވަނަ އަހަރުގައި ކަމަށް ދައްކައިފި އެވެ. 

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ "ކްލެއިމްސް އޮން ސެންޓްރަލް ގަވަމަންޓް" ރިޕޯޓް ދައްކާ ގޮތުން ސަރުކާރުގެ ދަރަނި ފަސް އަހަރުތެރޭ ދެގުނަ އަށް އިތުރުވެ ވަނީ 90 ބިލިއަން ރުފިޔާ އަށް އަރާފަ އެވެ. ނަމަވެސް 2020 ވަނަ އަހަރު ދައުލަތުގެ އެތެރޭގެ ދަރަނި ހުރީ 44.6 ބިލިއަން ރުފިޔާގަ އެވެ. 

އެތެރޭގެ ދަރަނި 2020 އިން 2025 އަށް

  •  2020 ވަނަ އަހަރު - 44.6 ބިލިއަން
  •  2025 ވަނަ އަހަރު 90.6 ބިލިއަން

އެމްއެމްއޭގެ މައުލޫމާތުތައް ދައްކާ ގޮތުން އެތެރޭގެ ދަަރަނި ވަނީ 2020 އިން 2025 އަށް 117 ޕަސެންޓް އިތުރުވެފަ އެވެ.

މި މުއްދަތަށް ބަލާނަމަ ޓީބިލާއި އިސްލާމިކް އިންސްޓްރޫމަންޓްސް ވިއްކި އަދަދު 2020 ވަނަ އަހަރު 24 ބިލިއަން ރުފިޔާގައި ހުރިނަމަވެސް މިދިޔަ އަހަރު ނިމުނުއިރު މި އަދަދު ހުރީ 52.2 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ކޮންމެ އަހަރަކު މި އަދަދު ދަނީ 11 ޕަސެންޓާއި 20 ޕަސެންޓާ ދެމެދުގެ މިންވަރަކަށް އިތުރުވަމުންނެވެ. އެންމެ ބޮޑު އިތުރުވުމެއް އައިސްފައިވަނީ 2022 ވަނަ އަހަރު އެވެ. އެ އަހަރު ދަރަނި ވަނީ 20.2 ޕަސެންޓް އިތުރުވެފަ އެވެ.

ސަރުކާރުން ޓީބިލް ގަތުން އިތުރުވެފައިވާ މިންވަރު

  • 2020 - ޖުމްލަ 24.8 ބިލިއަން ރުފިޔާ | % 27.0
  • 2021 - ޖުމްލަ 30.4 ބިލިއަން ރުފިޔާ | % 26.3
  • 2022 - ޖުމްލަ 35,6 ބިލިއަން ރުފިޔާ | % 17.1
  • 2023 - ޖުމްލަ 40 ބިލިއަން ރުފިޔާ | % 14.7
  • 2024 - ޖުމްލަ 46,7 ބިލިއަން | % 14.4
  • 2025 - 52.2 ބިލިއަން | % 11.9

މި ރިޕޯޓް ދައްކާ ގޮތުން ސަރުކާރުން ވިއްކާ ޓީބިލް އެންމެ ގިނައިން ގަންނަނީ ވިޔަފާރި ބޭންކުތަކުންނެވެ. އެންމެ ބޮޑު ހިއްސާއެއް އޮތީ ބޭންކުތަކުގައެވެ. ބޭންކްތަކުން މިދިޔަ އަހަރުގެ ނިޔަލަށް ވަނީ ސަރުކާރުން ވިއްކި 27,347.9 ބިލިއަން ރުފިޔާގެ ޓީބިލް ގަނެފަ އެވެ. އަދި މާލީ އެހެނިހެން އިދާރާތައް މީގެ ތެރޭގައި އިންޝުއަރެންސް ކުންފުނިތަކާއި ޕެންޝަން ފަންޑު ފަދަތަންތަނުން ވަނީ މިދިޔަ އަހަރުގެ ނިޔަލަށް 22.4 ބިލިއަން ރުފިޔާ ޓީބިލަަށް އިންވެސްޓްކޮށްފަ އެވެ. އަދި ސަރުކާރުގެ ކުންފުނިތައް ގަނެފައިވަނީ 1,973.1 މިލިއަން ރުފިޔާ އެވެ. އަދި  ޕްރައިވެޓް ސެކްޓަރުން ވަނީ 392.3 މިލިއަން ރުފިޔާގެ ސަރުކާރުގެ ޓީބިލް ގަނެފަ އެވެ، އަދި މިބައިގައި އެމްއެމްއޭގެ ހިއްސާކުރަނީ 117.3 މިލިއަން ރުފިޔާ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.