"ބަޣާވާތަށް 14 އަހަރު ފަހުން ވެސް މުއައްސާތަކުން އިތުބާރު އަނބުރާ ނުހޯދޭ"

"ހަގީގަތުގައި، އަޅުގަނޑުމެންނަށް ހިމާޔަތް ދޭންޖެހޭ ފުލުހުންނާއި، ކޯޓުތަކާއި، މުއައްސަސާތަކަށް އަޅުގަނޑުމެން ކުރި އިތުބާރު އޭގެ ފަހުން ހޯދިފައެއް ނުވެ އެވެ،" އޭނާ ވިދާޅުވި އެވެ.

ފެބްރުއަރީ 7، 2012: ރައީސް ނަޝީދު ޖުމްހޫރީ މައިދާނުގައި މަޑުކޮށްލަވައިގެން

މީގެ 14 އަހަރު ކުރިން ރާއްޖޭގައި ކުރަމުންދިޔަ ގާނޫނީ ވެރިކަން ވައްޓައިލަން ހިންގި "ބަޣާވާތަށް" ފަހު ދައުލަތުގެ މުއައްސަސާތަކަށް ރައްޔިތުން ކުރަމުން އައި އިތުބާރު އަނބުރާ ނުހޯދޭކަމަށް، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ކުއްލިއަކަށް ނިމި، އެ މަނިކުފާނު އިސްތިއުފާ ދެއްވީ 7 ފެބްރުއަރީ 2012 ގައި، ފުލުހުން ނުކުމެ ކުރި މުޒާހަރާތަކަށްފަހު ބޮޑެތި ހަމަނުޖެހުންތަކެއްގެ ތެރޭގަ އެވެ. 

އޭރު އެމްޑީޕީގެ ސަޕޯޓަރުންނަށް ފުލުހުން ވެސް ހިމެނޭ ގޮތަށް ބޮޑެތި އަނިޔާތައް ކުރި މަންޒަރުތައް ފެނުނެވެ. 

ނަޝީދު އިސްތިއުފާ ދެއްވީ، ފުލުހުން އިސްވެ ކުރި ބަޣާވާތެއްގެ ތެރެއިންކަމަށް އެމްޑީޕީން ތުހުމަތު ކުރި ނަމަވެސް، އެކަން ތަހުގީގު ކުރުމަށް އެކުލަވައިލި ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ)ން ވަނީ އެއީ ބަޣާވާތެއް ނޫން ކަމަށް ނިންމައިފަ އެވެ.

ރާއްޖޭގެ ޑިމޮކްރަސީގެ ހަޔާތުގައި ހިނގި އެ ބިރުވެރި ތާރީހަށް، 14 އަހަރު ފުރުމާ ދިމާކޮށް، ފައްޔާޒް އެކްސްގައި ވިދާޅުވީ، ނަޝީދު އިސްތިއުފާ ދެއްވަން މަޖުބޫރު ކުރުވައި، އެ މަނިކުފާނުގެ ނައިބު ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު ވެރިކަމާ ހަވާލުވެވަޑައިގެން، އެއީ ބަޣާވާތެއް ނޫން ކަމަށް ދައްކަން ގިނަ މަސައްކަތްތަކެއް ކުރި ކަމަށެވެ.

ނަމަވެސް، ވަހީދު، ޖެފްރީ އެޕްސްޓީން އާއެކު ގާތްގުޅުމެއް ބާއްވަވައި، މިހާރު ހާމަވެފައިވާ އީމެއިލްތަކުން، ވަހީދު އާއި އޭނާގެ ބައިވެރިން، ރާއްޖެ އާއި ދިވެހި ރައްޔިތުންގެ ހެވާއި ލާބައަށް ދުވަހަކުވެސް ނުވިސްނަވާކަން ސާފުވާކަމަށް ފައްޔާޒް ވިދާޅުވި އެވެ. 

ފައްޔާޒް ވިދާޅުވި ގޮތުގައި، ނަޝީދުގެ ވެރިކަން ވެއްޓުމަށްފަހު، ފުލުހުން ނުކުމެ ހިންގި އަނިޔާވެރި އަމަލުތަކަކީ، ދައުލަތުން ވާގިވެރިވެގެން ހިންގި ޖަރީމާތަކެކެވެ. 

"ހަގީގަތުގައި، އަޅުގަނޑުމެންނަށް ހިމާޔަތް ދޭންޖެހޭ ފުލުހުންނާއި، ކޯޓުތަކާއި، މުއައްސަސާތަކަށް އަޅުގަނޑުމެން ކުރި އިތުބާރު އޭގެ ފަހުން ހޯދިފައެއް ނުވެ އެވެ،" އޭނާ ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ، އެމްޑީޕީން އިސްވެ އޭރު ޤައުމު އިސްލާހު ކުރުމަށް ކުރި މަސައްކަތް ފަހަތަށް ސޮއްސާލައި،  މިއަދާ ހަމައަށްވެސް އަޅުގަނޑުމެންގެ ރައްޔިތުން ތިބީ، އެހާ ބޮޑު ގުރުބާނީއެއްވި އެންމެ އަސާސީ ހައްގުތައްވެސް ހޯދުމުގެ ހަނގުރާމައެއްގައި ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.