އެމެރިކާގެ ރަސްމީ ލިޔެކިއުންތަކެއް | ރައީސް ބައިޑަންއަކީ ކްލޯން އެއް

ޖެފްރީ އެޕްސްޓީން ފައިލްތަކާ ބެހޭ ގޮތުން "ޗާލްސް" ގެ ނަމުގައި 2021 ވަނަ އަހަރުގެ އޭޕްރީލް މަހު އެފްބީއައި އަށް ފޮނުވާފައިވާ މި މެސެޖުތަކުގައި ބުނެފައިވާ ގޮތުން އަސްލު ޖޯ ބައިޑަން 2019 ވަނަ އަހަރު ވަނީ މަރާލާފަ އެވެ.

އެމެރިކާގެ ކުރީގެ ރައީސް ރައީސް ޖޯ ބައިޑަން

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް އިން އާންމުކުރި ސިއްރު ނޫން ލިޔެކިޔުންތަކެއްގެ ތެރޭގައި، ރައީސް ޖޯ ބައިޑަންއަކީ "ކްލޯން" އެއް ނުވަތަ މާސްކް އަޅައިގެން ހުންނަ އެކްޓަރެއް ކަމަށް ބުނާ ބޮޑެތި ތުހުމަތުތަކެއް ހިމެނޭ އީމެއިލްތަކެއް ހާމަވެއްޖެއެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ނެރުނު ޖިންސީ ގޯނާކުރުމުގައި "އެޕްޔާ" އެއް ހަދައިގެން އުޅުނު އެމެރިކާގެ ބިލިއަނަރު ޖެފްރީ އެޕްސްޓީން ފައިލްތަކާ ބެހޭ ގޮތުން "ޗާލްސް" ގެ ނަމުގައި 2021 ވަނަ އަހަރުގެ އޭޕްރީލް މަހު އެފްބީއައި އަށް ފޮނުވާފައިވާ މި މެސެޖުތަކުގައި ބުނެފައިވާ ގޮތުން އަސްލު ޖޯ ބައިޑަން 2019 ވަނަ އަހަރު ވަނީ މަރާލާފަ އެވެ. 

އަދި މިހާރު ފެންނަނީ މާސްކް އަޅައިގެން ހުންނަ އެކްޓަރެއް ނުވަތަ ކްލޯން އެކެވެ. މީގެ ހެއްކަކީ ބައެއް ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ "މާސްކް މެލްފަންކްޝަން" ނުވަތަ ސިފައަށް އަންނަ ބަދަލުތައް ކަމަށް ބުނެފައިވެ އެވެ. 

މި ތުހުމަތުތަކަކީ އިންޓަނެޓްގައި އާންމުވެފައިވާ ކޮންސްޕިރަސީ ތިއަރީތަކުގެ މައްޗަށް ބިނާވެފައިވާ ކަންތައްތަކެއް ކަމަށް ތަޖުރިބާކާރުން ބުނެފައިވެ އެވެ. "ޗާލްސް" ފޮނުވި އީމެއިލްތަކުގައި ވެސް މިކަން ސާބިތުކޮށްދޭނެ އެއްވެސް ސައިންޓިފިކް ހެއްކެއް، މެޑިކަލް ރެކޯޑެއް ނުވަތަ އިތުރު މީހެއްގެ ހެކިބަހެއް ހިމެނިފައެއް ނުވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.