ޓޫރިޒަމް މިިނިސްޓްރީން ހުޅުވާލި ފަޅުތަކާއި ބިންތަންތަކުން ކޮންމެ ތަނަކަށް މަދުވެގެން 50 ކޮޓަރި (100 އެނދު) ތަރައްގީ ކުރަން ކަނޑައަޅާފަ އެވެ. ޖުމްލަ 1400 އެނދު މާކެޓަށް ނެރޭނެ އެވެ.

ޓޫރިޒަމް ތަރައްގީ ކުރަން މިދިޔަ އަހަރު ދޫކުރި 20 ތަނެއް ދައުލަތަށް ޖުމްލަ އެކުއެޒިޝަން ކޮސްޓުގެ ގޮތުގައި 15.2 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 234 މިލިއަން ރުފިޔާ) ލިބޭނެ ކަމަށް އަންދާޒާ ކުރެވެ އެވެ.
ޓޫރިޒަމް މިނިސްޓްރީން ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ވަނީ ފަޅުތައް ހިމެނޭހެން ޖުމްލަ 8 ޕްލޮޓަކާއި ރަށްތަކުގެ ފަޅުން ހުޅުވާލި ބައިތައް ހިމެނޭހެން ޖުމްލަ 12 ތަނެއް ބީލަކަށް ލާފަ އެވެ. މި ހުރިހާތަނަކަށް ދިން ބީލަމުގެ ސުންގަޑިވަނީ މިދިޔަ މަހު ހަމަވެފަ އެވެ.
ޓޫރިޒަމް މިިނިސްޓްރީން ހުޅުވާލި ފަޅުތަކާއި ބިންތަންތަކުން ކޮންމެ ތަނަކަށް މަދުވެގެން 50 ކޮޓަރި (100 އެނދު) ތަރައްގީ ކުރަން ކަނޑައަޅާފަ އެވެ. ޖުމްލަ 1400 އެނދު މާކެޓަށް ނެރޭނެ އެވެ.