މި މަޝްރޫއުގެ ދަށުން 650 މީޓަރުގެ ކީ ވޯލް އަކާއި 125 މީޓަރުގެ މަގަތު ފާލަމެއްގެ އިތުރުން އެކްސް-ރޭ ފެސިލިޓީއާއި، އޮޓޮމޭޓެޑް ވަސީލަތްތަކާއި ބޮންޑަޑް ވެއާހައުސް ގާއިމް ކުރާނެ އެވެ.

ރާއްޖޭގެ އިގްތިސޯދަށް ބޮޑު ބަދަލެއް އަންނާނެ މާލެ ވިޔަފާރި ބަނދަރު ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއުގެ އެންމެ މުހިންމު މަސައްކަތް ޗައިނާ ހާބަރު އިންޖިނިއަރިން ކޮމްޕެނީއާ ހަވާލުކޮށްފި އެވެ.
އެމްޕީއެލް އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޝްވާނެވެ. އަދި ޗައިނާ ހާބަރު އިންޖިނިއަރިންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ކަންޓްރީ މެނޭޖަރު މިސްޓަރ މާއޯ ބާއޯ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޝްވާން ވިދާޅުވީ މިއީ ވޭތުވެދިޔަ 40 އަހަރު ދުވަހު އެމްޕީއެލް އިން ދެކެމުން އައި އުންމީދެއް ކަމަށް ކަމަށެވެ.
މި މަޝްރޫއުގެ ދަށުން މިހާރު އޮތް ފަސް ހެކްޓަރުގެ ޕޯޓުގެ ބަދަލުގައި 20 ހެކްޓަރުގެ ބޮޑު ތަނަކަށް ބަދަލު ވެގެންދާނެ އެވެ. އަދި މި މަޝްރޫއުގެ ދަށުން 650 މީޓަރުގެ ކީ ވޯލް އަކާއި 125 މީޓަރުގެ މަގަތު ފާލަމެއްގެ އިތުރުން އެކްސް-ރޭ ފެސިލިޓީއާއި، އޮޓޮމޭޓެޑް ވަސީލަތްތަކާއި ބޮންޑަޑް ވެއާހައުސް ގާއިމް ކުރާނެ އެވެ.