ފެންވަރު ވަޒަންކުރަން ގްރޭޑް 6ގެ ދަރިވަރުންނަށް އާ އިމްތިހާނެއް ފަށަނީ

"އިމްތިހާނުގެ ނަތީޖާ އާއެކު، ރާއްޖޭގެ ދަރިވަރުންގެ ފެންވަރު އެހެން ގައުމުތަކުގެ ދަރިވަރުންނާ އަޅާބެލޭނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ޝަހީދު އަލީ ސްކޫލްގައި --

ފެންވަރު ވަޒަން ކުރުމުގެ ގޮތުން ގްރޭޑް 6 އާއި ކީ ސްޓޭޖް 1 އާއި ކީ ސްޓޭޖް 2 ނިންމި ދަރިވަރުންނަށް މިއަހަރުން ފެށިގެން އާ އިމްތިހާނެއް ދިނުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމުގެ ގޮތުން މިއަދު ރިޔާސީ ބަޔާން އިއްވަމުން ރައީސް މިއަދު ވިދާޅުވީ ފަށާ ތައުލީމުގެ މަރުހަލާގެ ދަރިވަރުންގެ އުނގެނުން ހަރުދަނާގޮތެއްގައި މިންކުރެވިފައި ނުވާތީ، މި މަރުހަލާ ނިންމާ ދަރިވަރުން ހާސިލުކުރަން ގައުމީ މަންހަޖުގައި ކަނޑައަޅާފައިވާ ބައިތައް ހާސިލުވަމުން އަންނަ މިންވަރު ދެނެގަތުމަށްޓަކައި އާ އިމްތިހާނެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެއީ ގްރޭޑް 6ގެ ދަރިވަރުންނަށް އަމާޒުކޮށްގެން "ގައުމީ މަންހަޖުގެ އިމްތިހާނު" އަދި ފަށާ ތައުލީމުގެ މަރުހަލާ ނިންމާ ދަރިވަރުންގެ ފެންވަރު ވަޒަންކޮށް، ބައިނަލްއަގުވާމީ ގޮތުން ބެންޗުމާކު ކުރުމަށްޓަކައި، ކީ ސްޓޭޖް 1 އާއި ކީ ސްޓޭޖް 2 ނިންމި ދަރިވަރުންނަށް، އެސެސްމަންޓް އޮފް މިނިމަމް ޕްރޮފިޝެންސީ ލެވެލް އިމްތިހާނެވެ. 

މިދިޔަ އަހަރު ޑިސެމްބަރު މަހު ވަނީ ގްރޭޑް 6ގެ ދަރިވަރުންނަށް އެ އިމްތިހާނު ޓެސްޓްކުރުމަށް ދީފަ އެވެ. މިއަހަރުން ފެށިގެން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި މި އިމްތިހާނުތައް ކުރިއަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ތައުލީމީ ގޮތުން ގާބިލް ޖީލެއް ބިނާކުރެވޭނީ މަދަރުސީ ތައުލީމުގެ ފެންވަރު މަތިކޮށްގެން. ތައުލީމީ ނިޒާމަށް ދެމެހެއްޓެނިވި ހެޔޮ ބަދަލުތަކެއް ގެނެސްގެން. މި އިމްތިހާނުގެ ނަތީޖާ އާއެކު، ރާއްޖޭގެ ދަރިވަރުންގެ ފެންވަރު އެހެން ގައުމުތަކުގެ ދަރިވަރުންނާ އަޅާބެލޭނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ  ފަށާ ތައުލީމުގެ މުގައްރަރުތައް މުރާޖައަކޮށް، ކަރިކިއުލަމް އިންޓަގްރޭޝަން މޮޑެލެއް ތައްޔާރުކުރުމާއެކު، ކީ-ސްޓޭޖް 1 ގެ ދަރިވަރުންގެ ފޮތްތައް ތީމެޓިކް ފޮތްތަކެއްގެ ގޮތުގައި އަލުން އެކުލަވާލުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ރިޔާސީ ބަޔާން އިއްވަނަނީ --

"ނަތީޖާއަކަށް ވާނީ، އެކިއެކި މާއްދާތަކުގައި ކިޔަވާ ފިލާވަޅުތައް ގުޅުވާލެވި، ދަރިވަރުންނަށް ފިލާވަޅުތައް ދަސްކުރަން ފަސޭހަވާނޭހެން އުނގެނުމާއި އުގަންނައިދިނުން ބައްޓަންވުން،" ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ވެސް މޯލްޑިވްސް 2.0 އާ އެއްކީލިވާނޭހެން، މި އަހަރުގެ ދިރާސީ އަހަރު، ތައުލީމީ ދާއިރާގެ މައުލޫމާތު ފަސޭހައިން ބެލެހެއްޓޭނެ ޑިޖިޓަލައިޒްޑް ނިޒާމެއް ގާއިމްކުރެނެކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ރިއަލްޓައިމް އަދި ސައްހަ މައުލޫމާތުގެ މައްޗަށް ބިނާކޮށް، އުނގެނުމާއި އުނގަންނައި ދިނުމާ ގުޅޭ ނިންމުންތައް އެކަށައަޅައި ތަންފީޒުކުރަން މަގުފަހިވެގެން ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިކަމަށްޓަކައި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ޑިޖިޓަލް އިންފްރާސްޓްރަކްޗާ އާއި އިކުއިޕްމަންޓް ގާއިމު ކުރުމުގެ މަސައްކަތް މިއަހަރު އިރާދަކުރެއްވިއްޔާ ކުރިޔަށް ގެންދާނަން،" ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.