ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު މަޖިލީހުގައި ބަޔާން ދެއްވަމުން ވިދާޅުވީ އަތޮޅު ފިހާރަ ބަރިއަކީ ރާއްޖޭގެ ތާރީހުގެ ބައެއް ކަމަށާ، އެހެންކަމުން އެތަނުގެ މަގުފާރު ރައްކާތެރިކޮށް އަލުން ރީޑިވްލޮޕް ކުރަން ވަނީ ނިންމާފަ އެވެ.

މާލެ ބަނދަރު މަތީގައި ރައީސް އިބްރާހިމް ނާސިރު ތަރައްގީ ކުރި އަތޮޅު ފިހާރަ ބަރީގެ ބޭރު ފާރު ތާރީހަަށްޓަކައި ރައްކާކޮށް، އަލުން ތަރައްގީ ކުރަން ނިންމައިިފި އެވެ.
ރައްޔިތުން މަޖިލީސް ހުޅުއްވައި ދެއްވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު މަޖިލީހުގައި ބަޔާން ދެއްވަމުން ވިދާޅުވީ އަތޮޅު ފިހާރަ ބަރިއަކީ ރާއްޖޭގެ ތާރީހުގެ ބައެއް ކަމަށާ، އެހެންކަމުން އެތަނުގެ މަގުފާރު ރައްކާތެރިކޮށް އަލުން ރީޑިވްލޮޕް ކުރަން ވަނީ ނިންމާފަ އެވެ. އަދި މި މަސައްކަތް ކުރާނީ އަމިއްލަ ފަރާތްތަކާ ގުޅިގެންކަމަށް ރައީސް ވިދާޅުވި އެވެ.
އަތޮޅު ފިހާރަތަކުގެ ނިޒާމު އެންމެ ފުރަތަމަ ތަޢާރަފްވީ 1960 ގެ އަހަރުތަކުގައެވެ. އޭރުގެ ސަރުކާރުން ބޭނުންވީ އަތޮޅުތަކުގެ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ މުދާ ފަސޭހަ އިން ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށެވެ. މި ފިހާރަބައި އަޅުއްވައި ދެއްވީ ރައީސް އިބްރާހިމް ނާސިރު އެވެ. މި 20 ފިހާރަ ބަހާލެވިފައިވަނީ ރާއްޖޭގެ އިދާރީ 20 އަތޮޅަށް ނިސްބަތްވާ ގޮތަށެވެ. ކޮންމެ އަތޮޅަކަށްވެސް ބާޒާރުމަތީގެ އެންމެ ކިއުކިއު ސަރަޙައްދުން ފިހާރައެއް ހާއްސްކޮށް އޮވެ އެވެ.