އެމްޕީއެލް އިން ލޭ ހަދިޔާކުރަން ޕްރޮގްރާމެއް ފަށައިފި

"ޕޯޓް ކޮމިއުނިޓީ ބްލަޑް ޑޮނޭޝަން ކޭމްޕް" ގެ ނަމުގައި .އެމްޕީއެލްގެ ހެޑް އޮފީހުގައި މިއަދު ހެނދުނު 11:00 އިން އިރުއޮއްސި 18:30 އަށް ކުރިއަށް ގެންދާ ބްލަޑް ޑޮނޭޝަން ކޭމްޕް ކުރިއަށް އެވެ.

އެމްޕީއެލް މުވައްޒަފުން މިއަދު ލޭހަދިޔާ ކުރަނީ -- އެމްޕީއެލް

މޯލްޑިވްސް ބްލަޑް ސާރވިސަސް (އެމްބީއެސް) އަށް ދިމާވެފައިވާ ލޭ ލިބުމުގެ ދަތިކަމަށް ހައްލެއް ހޯދުމަށް އެހީތެރިވުމުގެ ގޮތުން އެމްޕީއެލް އިން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.

"ޕޯޓް ކޮމިއުނިޓީ ބްލަޑް ޑޮނޭޝަން ކޭމްޕް" ގެ ނަމުގައި .އެމްޕީއެލްގެ ހެޑް އޮފީހުގައި މިއަދު ހެނދުނު 11:00 އިން އިރުއޮއްސި 18:30 އަށް ކުރިއަށް ގެންދާ ބްލަޑް ޑޮނޭޝަން ކޭމްޕް ކުރިއަށް ގެންދަނިީ އެމް.ޕީ.އެލްގެ މުވައްޒަފުންނާއި، މާލޭ ވިޔަފާރި ބަނދަރުގައި މަސައްކަތްކުރާ ފަރާތްތަކާއި އާންމުންނަށް ހުޅުވާލައިގެންނެވެ.

މި ކޭމްޕް ކުރިއަށް ގެންދަނީ އެމްޕީއެލް އާއި މޯލްޑިވްސް ބްލަޑް ސާރވިސަސް (އެމްބީއެސް) އާއި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އަދި ލޭ އެޕްއާ ގުޅިގެންނެވެ.

މި ހަރަކާތަކީ ރާއްޖޭގެ ބްލަޑް ބޭންކްގައި ހުރި ލޭ މަދުވެ، އާންމުންގެ އެހީތެރިކަަމަށްވެސް އެމް.ބީ.އެސްއިން އެދިފައިވާތީ އެމް.ޕީ.އެލް އިން އިސްނަގައިގެން އިންތިޒާމްކުރި ކޭމްޕެކެވެ. މި ބްލަޑް ކޭމްޕްގައި މި ކުންފުނީގެ ގިނަ މުވައްޒަފުންތަކެއް ވަނީ ބައިވެރިވެފައެވެ. އަދި ވީހާވެސް ގިނަ ބަޔަކު މި ކޭމްޕްގައި ބައިވެރިވުމަކީ އެމް.ޕީ.އެލްގެ ވަރަށް ބޮޑު އެދުމެކެވެ.


ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.