މާފުށި އިޔާދަކުރަނިވި ހަކަތައަށް | އެމްއެލްއޭސީ އާއި ކައުންސިލުން ސޯލާ މަޝްރޫއެއް

ރާއްޖޭގެ ހިތުގެ ގޮތުގައި ބްރޭންޑްކޮށްފައިވާ މާފުށީގައި ހިންގާ މި ސޯލާ މަޝްރޫއާއެކު ސޯލާ ހަރުކުރާ ގޭގޭގެ ކަރަންޓު ބިލް 90 ޕަސެންޓް ކުޑަ ވެގެންދާނެ އެވެ.

މާފުށި ކައުންސިލްގެ ރައީސް ސޮލާހު އަދި ކައުންސިލް ކުންފުނީގެ ރައީސް ސަލްމާން

ރާއްޖޭގެ ހިތުގެ ގޮތުގައި މުޅިރާއްޖެ ހެކިވާ، ކ. މާފުށީ ރައްޔިތުން ކަރަންޓަށް ކުރާ ހަރަދު ކުޑަކުރަން މާފުށި ލޯކަލް އޮތޯރިޓީ ކުންފުނި (އެމްއެލްއޭސީ) އާއި ކައުންސިލުން މާފުށީގައި ސޯލާ ހަރުކުރުމުގެ މަޝްރޫއެއް ފަށައިފި އެވެ.

ރާއްޖޭގައި އެންމެ ކާމިޔާބުކޮށް ހިންގާ ލޯކަލް އޮތޯރިޓީ ކުންފުނި ކަމަށްވާ އެމްއެލްއޭސީގެ މެނޭޖިން ޑިރެކްޓަރު ސަލްމާން ރަޝީދު ވިދާޅުވީ އެ ރަށު ރައްޔިތުންނާއި ވިޔަފާރިތައް ކަރަންޓު ބިލަށް ކުރާ ހޭދަކުޑަ ކުރުމުގެ ގޮތުން އެ ކުންފުނިން އަމިއްލަ އޭއޯއައި ޔުޓީޕިއާ ކުންފުންޏާ ހަވާލުކޮށްގެން ސޯލާ ހަރުކުރުމުގެ މަޝްރޫއެއް ފަށާފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން 3-1 އަހަރަށް ބަހާލައިގެން އިންސްޓޯލްމަންޓް މޮޑަލެއްގައި ފައިސާ ދައްކައިގެން ސޯލާ ހަރުކުމުގެ މަސައްކަތް ވަނީ ފެށި އެވެ.

"މިކަމަށް ރަށުގައި އިއުލާނު ކުރީމަ ފުރަތަމަ ބުރުގައި ވަނީ 22 އަށްވުރެ ގިނަ ގެ ކުރިމަތިލާފަ. މި ސްކީމްގެ ދަށުން ސޯލާ ހަރުކުމަށްފަހު ފައިސާ ދައްކަން ލިބޭނެ ގިނަ ވެގެން ތިން އަހަރު. މި މުއްދަތުގައި ވެސް މިހާރު ކަރަންޓު ބިލަށް އަރާވަރަށްވުރެ ބިލް ބޮޑު ވެެގެން ނުދާނެ،" ސަލްމާން ވިދާޅުވި އެވެ.

ކައުންސިލް ރައީސް ސަލްމާން ސޯލާ މަޝްރޫއާ ބެހޭ ގޮތުން މައުލޫމާތު ދެއްވަނީ -- އެމްއެލްއޭސީ

އޭނާ ވިދާޅުވި ގޮތުގައި އިރުވަރު ސޯލާ މަޝްރޫއުއަކީ ސްޓެލްކޯ އިން ކޮންމެ ރަަށަކަށް ވެސް ދީފައިވާ ކޯޓާގެ ދަށުން ހިންގާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ކަރަންޓު ބިލް 90 ޕަސެންޓް ކުޑަ ވެގެންދާނެ ކަމުގެ ޔަގީންކަން ސަލްމާން ދެއްވި އެވެ. އަދި ފުރަތަމަ އިއުލާނު ކުރީމަ ކުރިމަތިލި ފަރާތްތަކާއެކު ކައުންސިލުން އެއްބަސްވުންތައް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސަލްމާން ވިދާޅުވި އެވެ. އަދި ކޯޓާ އޮތް މިންވަރަކުން ވިޔަފާރިތަކާއި ގޭބިސީތަކަށް ސޯލާ ހަރުކުމުގެ ފުރުސަތު އޮންނާނެ ކަމަށް ސަލްމާން ވިދާޅުވި އެވެ.

މާފުށީގައި ސޯލާ މަޝްރޫއެއް ކައުންސިލާއި ކުންފުނިން ފަށާފައިވާއިރު، މާފުށީ ރައްޔިތުން އަލަށް އާބާދުވާ ރަށް "މަންތާ އައިލެންޑް" ގައި ސޯލާ ލައިޓް ޖަހަން ބޭރުގެ އެހީގައި މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.