މިރާއަށް އެނގިފައިވާ ގޮތުގައި ސީއީއޯ ސުޖާތާ އިސްތިއުފާ ދިންކަން އިއުލާނު ކުރެއްވީ މިއަދުގެ ވަގުތެއްގަ އެވެ.

ޕެންޝަން ފަންޑުން 2.5 ބިލިއަން ރުފިޔާގެ ބޮންޑަށް އިންވެސްޓް ކުރުމުގެ މައްސަލާގައި، ހިޔާލުތަފާތުގެ ޕެންޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސާ (ސީއީއޯ) ސުޖާތާ ހަލީމް ވެސް އިސްތިއުފާ ދެއްވައިފި އެވެ.
މިރާއަށް އެނގިފައިވާ ގޮތުގައި ސީއީއޯ ސުޖާތާ އިސްތިއުފާ ދިންކަން އިއުލާނު ކުރެއްވީ މިއަދުގެ ވަގުތެއްގަ އެވެ.
ސަރުކާރުން ހުށަހަޅާފައިވާ 2.4 ބިލިއަން ރުފިޔާގެ ބޮންޑަށް، މަރުކަޒީ ބޭންކު، އެމްއެމްއޭ މެދުވެރިކޮށް ފައިސާ ހޯދަން އުޅޭ މައްސަލައަކީ ރަނގަޅު ނިންމުމެއް ނޫން ކަމަށް ވިދާޅުވެ، ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަންގެ މަގާމުން އަހުމަދު އިނާޒު ވެސް ވަނީ އިސްތިއުފާ ދެއްވާފަ އެވެ.
މި މައްސަލައާ ގުޅިގެން މިދިޔަ އޮކްޓޯބަރު މަހު ޕެންޝަން އޮފީހުގެ ބޯޑުން އަހުމަދު ސަރުވަޝް އާދަމް ވެސް ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އަދި ޕެންޝަން އޮފީހުގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ހައްވާ ފަޖުވާ ވެސް ވަނީ ކުރިން އެ މަގާމުން ވަކިވެޑައިގެންފަ އެވެ.