ހިޔާ ޓަވަރެއްގައި ރޯވުން: 31 އެޕާޓްމެންޓެއްގެ 148 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް (އެންޑީއެމްއޭ) އިން މިއަދު ބުނީ މި ހާދިސާގައި ގެއްލުންވި ނަރުދަމާގެ ނިޒާމު މަރާމާތުކޮށް ނިމި، ހުރިހާ އެޕާޓްމަންޓްތަކަކަށް ފެނާއި ކަރަންޓުގެ ހިދުމަތް އަލުން ދީފައިވާ ކަމަށް އެޗްޑީސީން ބުނެފައިވާ ކަމަށެވެ.

އަލިފާން ހިނގި ސަރަހައްދުގައި ފުލުހުންނާއި ފަޔާ ފައިޓަރުން މީގެ ކުރިން ހަރަކާތްތެރިވަނީ --

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރެއްގައި މިދިޔަ ހުކުރު ދުވަހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ނަރުދަމާގެ ނިޒާމަށް ދިމާވި މައްސަލަ ހައްލުކޮށްފި އެވެ.

އަލިފާން ރޯވެފައިވަނީ ހިޔާގެ ފަސްވަނަ ޓަވަރުގަ އެވެ. މި ހާދިސާގައި އެ ޓަވަރުގެ މައި ހޮޅިއަށް ގެއްލުން ލިބި، ބައެއް އެޕާޓްމެންޓްގެ ފާހާނާ ބޭނުން ކުރުމަށް ވަނީ ބުރޫ އަރައިފަ އެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް (އެންޑީއެމްއޭ) އިން މިއަދު ބުނީ މި ހާދިސާގައި ގެއްލުންވި ނަރުދަމާގެ ނިޒާމު މަރާމާތުކޮށް ނިމި، ހުރިހާ އެޕާޓްމަންޓްތަކަކަށް ފެނާއި ކަރަންޓުގެ ހިދުމަތް އަލުން ދީފައިވާ ކަމަށް އެޗްޑީސީން ބުނެފައިވާ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން 31 އެޕާޓްމެންޓެއްގެ 148 މީހަށް ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފަ އެވެ. އެމީހުންނަށް ދިން އެހީތެރިކަމުގެ މުއްދަތު މިއަދު ހަމަވުމާއެކު، އެ އާއިލާތައް އަނބުރާ އެމީހުންގެ އާންމު ދިރިއުޅުމަށް ރުޖޫއަވެފައިވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

އެމީހުންގެ ކެއުމުގެ އިންތިޒާމްތައްވެސް ހަމަޖައްސައިދިނީ އެމްޑީއެންއޭ އިންނެވެ. އެކަމަށް ގާތްގަނޑަކަށް ތިން ލައްކައެއްހާ ރުފިޔާ ހަރަދުވެފައިވާ ކަމަށް އެ އޮތޯރިޓިން ހާމަކޮށްފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.