"މިއީ ކުޑަކުޑަ އާބާދީއެއް. މި އާބާދީގެ ތެރޭގައި ރުޅިވެރިކަމާއި ނަފްރަތު އުފައްދައިގެން ލިބޭނެ އެއްވެސް މަންފާއެއް ނެތް. ހަސަދަވެރިކަމާއި ރުޅިވެރިކަމުގެ ތެރެއިން އަޅުގަނޑުމެންގެ އިޖުތިމާއީ ފޭރާން މަސައްކަތްކުރަނީ،" ނައިބު ރައީސް ވިދާޅުވި އެވ

ރާއްޖޭގައި އޮތީ ވަރަށް ކުޑަކުޑަ މުޖުތަމައުއެއް ކަމަށާއި، އެ މުޖުތަމައުގެ ތެރޭގައި ރުޅިވެރިކަމާއި ނަފްރަތު އުފައްދައިގެން ލިބޭނެ ސިޔާސީ މަންފާއެއް ނެތް ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ރޭ ވިދާޅުވެއްޖެ އެވެ.
އަންނަ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް ވެރިކަންކުރާ ޕީއެންސީގެ މާފަންނު ޖަގަހަ ހުޅުވަން ރޭ ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވި ގޮތުގައި، ގިނަ ޕާޓީތައް އެކުލެވޭ ރިޔާސީ ނިޒާމެއްގައި، އޭރަކު އޮންނަ ސަރުކާރެއް ޖަވާބުދާރީކުރުވުމަކީ، ޕާޓީތަކަށް ލިއްބައިދީފައިވާ އަސާސީ ހައްގެކެވެ.
ނަމަވެސް އެ ހައްގުގެ ބޭނުންހިފަންޖެހޭނީ، ނައިބު ރައީސް ވިދާޅުވި ގޮތުގައި، ރީތި ގޮތުގައި ވާދަވެރިކޮށް ކަމަށާއި އެކަން ނުކޮށްފި ނަމަ ބައެއް ފަަހަރު އެހެން ދިމާލަކަށް މިސްރާބު ޖަހާފައި ވެސް ހުރެ އެވެ.
ނައިބު ރައީސް ވިދާޅުވީ، ސަރުކާރުން ބޭނުންވަނީ 2008 ވަނަ އަހަރުގެ ކުރީކޮޅު ފެށުނު ސިޔާސީ ވާދަވެރިކަމުގެ ތެރެއިން ފެނުނު ނުރަނގަޅު ކަންތައްތައް ހަނދާން ނައްތާލައި އިޖުތިމާއީ ފޭރާން ރަނގަޅު މުޖުތަމައުއެއް ބިނާކުރަން ކަމަށެވެ.
"މިއީ ކުޑަކުޑަ އާބާދީއެއް. މި އާބާދީގެ ތެރޭގައި ރުޅިވެރިކަމާއި ނަފްރަތު އުފައްދައިގެން ލިބޭނެ އެއްވެސް މަންފާއެއް ނެތް. ހަސަދަވެރިކަމާއި ރުޅިވެރިކަމުގެ ތެރެއިން އަޅުގަނޑުމެންގެ އިޖުތިމާއީ ފޭރާން މަސައްކަތްކުރަނީ،" ނައިބު ރައީސް ވިދާޅުވި އެވެ.
ނައިބު ރައީސް ވަނީ އަންނަން އޮތް ޖީލަށް ހެޔޮ ބަދަލެއް އަންނާނެ ގޮތަށް ސިޔާސަތުތައް ތަންފީޒުކުރަން ޕީއެންސީ ކައުންސިލަރުން ހޮވައިދިނުމަށް އެދިވަޑައިގެންފަ އެވެ.