މިފަހަރު މި ނީލަމުގައި އެންމެ ބޮޑު އަދަދަކަށް ވިއްކާފައިވަނީ 364 ދުވަހުގެ ޓީބިލް އެކެވެ. މި ޓީބިލް ވިއްކީ ގާތްގަނޑަކަށް 1.95 ބިލިއަން ރުފިޔާ އެވެ.

ދިވެހި ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް، ފިނޭންސް މިނިސްޓްރީން 3.2 ބިލިއަން ރުފިޔާގެ ޓްރެޜަރީ ބިލް (ޓީ-ބިލް) ވިއްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މިފަހަރު ވިކި ޓީބިލް ވިއްކަން ހިންގާ ސިލްސިލާ މަަސައްކަތުގެ ދަށުން މިފަހަރު ޓީބިލް ވިއްކި ސެޓްލްމަންޓް ތާރީޚަކީ މިދިޔަ މަހުގެ 12 އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މިފަހަރު މި ނީލަމުގައި އެންމެ ބޮޑު އަދަދަކަށް ވިއްކާފައިވަނީ 364 ދުވަހުގެ ޓީބިލް އެކެވެ.
މި ޓީބިލް ވިއްކީ ގާތްގަނޑަކަށް 1.95 ބިލިއަން ރުފިޔާ އެވެ. މިއީ 4.60 ޕަސެންޓްގައި ވިއްކި ޓީބިލް އެކެވެ. މި ޓީބިލްގެ މުއްދަތު ހަމަވާ ތާރީހަކީ ޖެނުއަރީ 11، 2027 އެވެ. މި ފަހަރު ވިއްކި ޖުމްލަ 3.2 ބިލިއަން ރުފިޔާގެ ތެރެއިން 60 ޕަސެންޓައަށް ވުރެ ބޮޑު ބައެއް ހިއްސާކުރަނީ މި އެއް އަހަރުގެ ޓީ-ބިލެވެ.
ޓީ-ބިލަކީ ސަރުކާރުގެ ކުރު މުއްދަތުގެ ހަރަދުތައް ފޫބެއްދުމަށްޓަކައި ކަނޑައެޅިފައިވާ ވަކި އިންޓްރެސްޓް ރޭޓެއްގައި ދިވެހި ރުފިޔާއިން ވިއްކާ ސެކިއުރިޓީއެކެވެ. މީގެ މައިގަނޑު ގަންނަ ފަރާތްތަކުގެ ތެރޭގައި ބޭންކުތަކާއި ޕެންޝަން ފަންޑާއި އިންޝުއަރެންސް ކުންފުނިތަކުގެ އިތުރުން ސަރުކާރުގެ ކުންފުނިތައް ހިމެނެ އެވެ.
ފިނޭންސުގެ މައުލޫމާތުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރު ނިމުނުއިރު، ދައުލަތުން ވިއްކާފައިވާ ޓީބިލްގެ ޖުމްލަ އަދަދަކީ ގާތްގަނޑަކަށް 43,847 މިލިއަން ދިވެހި ރުފިޔާ އެވެ. މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު 2 ޕަސެންޓްގެ އިތުރުވުމެކެވެ.